Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

އައިޖީއެމްއެޗް ގޮއްވާލަން އެފްބީ މެދުވެރިކޮށް އިންޒާރެއް!

ފޭސްބުކް މެދުވެރިކޮށް އައިޖީއެމްއެޗް ގޮއްވާލާނެކަމުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، އެފަދަ އިންޒާރުތަކެއްގެ މައްސަލަ ފުލުހުން ބަލަމުން އަންނަކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ފޭސްބުކް ސްޓޭޓަސް މެދުވެރިކޮށް ދިން އެންޒާރުގެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު މި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރު ކުރިކަމަށް ފުލުހުން ނުބުނެއެވެ.

މިފަދަ އިންޒާރުތަކަކީ ރާއްޖޭގެ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ދިގުމުއްދަތަކަށް ޖަލަށް ދާން ޖެހޭ ވަރުގެ ކުށެކެވެ.