Last Updated: June 10, 20:48
Thursday, June 11, 2026
ސިޔާސީ

މައުމޫން ޕީޕީއެމާ ދެކޮޅަށް ދައުވާ ކުރަން ހުށައަޅައިފި

ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމް ޕީޕީއެމްގެ މައްޗަށް ދައުވާ ކުރަން ސިވިލް ކޯޓަށް ހުށައަޅައިފިއެވެ.

ގާނޫނު އަސާސީއާއި ސިޔާސީ ޕާޓީތަކާއި ބެހޭ ގާނޫނުގެ އިތުރުން ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިލާފަށް ޕާޓީ ހިންގުމުގެ ބާރު ޕާޓީގެ ރައީސްގެ އަތުން ނަގައި ކައުންސިލް ގެ ބައެއް މެމްބަރުން މުސްތަޝާރާ ހަވާލުކޮށްފައިވާތީ ގާނޫނާއި ހިލާފަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް ދިނުމަށް މައުމޫން ވަނީ ސިވިލް ކޯޓުގައި އެދިފައެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 51 ވަނަ މާއްދާގެ (ހ) ގައި ވަނީ ޕާޓީ ހިންގުމުގެ އެންމެ އިސް ވެރިޔަކީ ޕާޓީގެ ރައީސް ކަމަށެވެ.

އަސާސީ ގަވާއިދާއި ކަނޑައެޅިގެން ޚިލާފުވެފައިވާއިރު ކައުންސިލްގެ މެޖޯރިޓީއަށްވެސް އަސާސީ ގަވާއިދާއި ހިލާފު ނުވެވޭނެ ކަމަށް ދައުވާގައި މައުމޫން ވަނީ އަލިއަޅުވާލާފައެވެ.