Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

އެސިޑް ޖެހި މީހެއްގެ އަދަބަކަށް ލޯ ކަނުކޮށްލުން!

މީޣެ ފަސް އަހަރު ކުރިން އެސިޑް ޖެހުމުގެ ސަބަބުން ލޯކަނުވި މީހެއް - ފޮޓޯ: ޑެއިލީމެއިލް

ހަތަރު އަހަރުގެ އަންހެން ކުއްޖެއްގެ މޫނަށް އެސިޑް ޖެހި އިރާންގެ މީހަކު، އަދަބެއްގެ ގޮތުން ކަނުކޮށްފިއެވެ. އޭނާ އެކުއްޖާގެ މޫނަށް އެސިޑް ޖެހުމުގެ ސަބަބުން އެކުއްޖާ ވަނީ ލޯފަންވެފައެވެ.

މިއީ އިރާންގައި 'ލޮލަކަށް ލޮލެއް'ގެ އުސޫލުން އަދަބު ދިން ދެވަނަ ފަހަރެވެ.

ޤާނޫނީ ކުށެއް ކުރުމުގެ އަދަބެއްގެ ގޮތުން ބަދަލު ހިފުމަކީ އިރާންގައި ކުރަމުން އަންނަ ކަމަކަށްވިޔަސް އެއީ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާއިބެހޭ ޖަމިއްޔާތަކުން ދެކޮޅު ހަދަމުން އަންނަ ކަމެކެވެ.

"2009 ވަނަ އަހަރު މި ފިރިހެން މީހާ ވަނީ ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ މޫނަށް ސަނަންޑަޖް ސަރަހައްދުގައި އެސިޑް ޖަހާ، އެކުއްޖާ ލޯފަންކޮށްފަ"، ޓެހްރާންގެ ޕްރޮސެކިއުޓާ އޮފީހުގެ ކްރިމިނަލް އެފެއާސްގެ އިސްވެރިޔާ، މުހައްމަދު ޝަހްރިއާރީ ވިދާޅުވިއެވެ.

"މިއަދު، ބަދަލަށް ބަދަލު ހިފުމުގެ ޤާނޫނުވަނީ އަހަރެންނާއި ކަމާއިބެހޭ މާހިރުންގެ ހާޒިރުގައި ތަންފީޒްކޮށްފަ"، އޭނާ ވިދާޅުވިއެވެ.

2009 ވަނަ އަހަރު ޓެކްސީ ޑްރައިވަރެއްގެ މޫނަށް އެސިޑް ޖަހައި އޭނާގެ ލޮލުގެ ފެނުން ގެއްލުވާލުމުގެ ކުށުގައިވެސް ވަނީ ބަދަލަށް ބަދަލުހިފުމަށް ހުކުމް ކޮށްފައެވެ.

އެގޮތުން 31 އަހަރުގެ މުޖުތަބާ ސަހޭލީގެ އެއްލޯ ވަނީ އެސިޑް ޖަހައި މިދިޔަ އަހަރު ކަނުކޮށްފައެވެ. އަދި އޭނާގެ އަދަބުގެ ދެވަނަ ފިޔަވަހީގެ ދަށުން، އޭނާގެ ކަނާތު ލޮލުގެ ފެނުންވެސް މިއަހަރު ނައްތާލެވޭނެއެވެ.