Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

ކެނެޑާގެ އިމިގްރޭޝަން ވެބްސައިޓް ހުއްޓުމަކަށް

އެމެރިކާގެ އިންތިޚާބުގައި ވޯޓްލުމުގެ ތެރޭގައި ކެނެޑާގެ އިމިގްރޭޝަން ވެބްސައިޓަށް ލޯޑް ބޮޑުވުމުގެ ސަބަބުން އެވެބްސައިޓް ހުއްޓުމަކަށް އައިސް، މީހުންނަށް ޒިޔާރަތް ނުކުރެވޭވަރު ވެއްޖެ އެވެ.

ބުނެވޭ ގޮތުގައި އެއީ ޑޯނަލްޑް ޓްރަމްޕް ވެރިކަމަށް އިންތިޚާބުވުމުގެ ސަބަބުން ގިނަ އަދަދެއްގެ އެމެރިކާ ރައްޔިތުން ކެނެޑާއަށް ހިޖުރަކުރުމަށްޓަކައި އެޤައުމުގެ ވެބްސައިޓްއަށް ވަނުމުން، އެސައިޓްގެ ޓްރެފިކް ބޮޑުވެގެންނެވެ.

ސިޓިޒެންޝިޕް އެންޑް އިމިގްރޭޝަން ކެނެޑާ (ސީއައިސީ)ގެ ބަހެއް މިކަމާއި ގުޅޭގޮތުން ލިބޭގޮތް ވަނީ ނުވެފައެވެ.

އެހެންނަމަވެސް، ބައެއް މާހިރުން ބުނާގޮތުގައި ވެބްސައިޓް ކްރޭޝްވުމުގެ ފަހަތުގައި އެހެން ސަބަބުތަކެއްވެސް ވެދާނެއެވެ.

"އެއީ ހަމަ ވެދާނެ އިއްތިފާގަކަށްވެސް"، ޔުނިވާސިޓީ އޮފް ސަރީގެ ޕްރޮފެސާ އެލަން ވުޑްވާޑް ވިދާޅުވިއެވެ.

ކެނެޑާގެ އިމިގްރޭޝަން ވެބްސައިޓް ކްރޭޝްވުމުން ސޯޝަލް މީޑިއާގައި ވަނީ ވަރަށް ގިނަ ވާހަކަތައް ދައުރުވެފައެވެ.

_92348068_58fa3220-8a32-4c2e-9ecd-3b4a0c096568

_92348981_63501657-bdc1-4b14-acce-b01650309d3d-1

_92348982_8b90c947-027d-4a01-84c2-be84cbb587b4

އެމެރިކާގެ އިންތިޚާބާއި ގުޅިގެން ކޮލޮރޭޑޯގެ ވޯޓުލާން ރަޖިސްޓްރީވެފައިވާ މީހުންގެ ޑޭޓާބޭސްއަށްވެސް އަންގާރަ ދުވަހުގެ މެންދުރު ފަހުން ބައި ގަޑިއިރު ވަންދެން އޮފިޝަލުންނަށް ވަނީ ވަދެވޭ ގޮތް ނުވެފައެވެ.

ހަމައެއާއިއެކު އުތުރ ކެރޮލީނާގެ ސްޓޭޓް ބޯޑް އޮފް އިލެކްޝަންސްއިންވެސް ވޯޓް ލާން އިލެކްޓްރޯނިކް ސިސްޓަމް ބޭނުންކުރުމުގެ ބަދަލުގައި ކަރުދާސް ބޭނުންކޮށްގެން އެކަން ކުރިއަށް ގެންދިއުމަށް ވަނީ މަޖުބޫރުވެފައެވެ. އެއީ އިލެކްޓްރޯނިކް ސިސްޓަމަށް ޖެހުނު ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުންނެވެ.

އިލެކްޓްރޯނިކް ސިސްޓަމްއަށް ދިމާވި މައްސަލަ ހައްލުވުމުގެ ކުރިން 93،000 ނަތީޖާ އާންމުކުރުން ލަސްވިކަމަށް ރިޕޯޓް ކުރެވުނެވެ.

ބައެއް މެޝިންތަކުން ވޯޓްތައް ބަދަލު ކޮށްފައިވާކަމުގެ ތުހުމަތުތައްވެސް ވަނީ ކުރެވިފައެވެ.