Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ފިހާރައަކުން 87ރ. ވަގަށް ނެގި މީހަކު ދެ އަހަރަށް ޖަލަށް

ސ. ހުޅުދޫ ފިހާރައެއް ފަޅާލައިގެން އެތަނުގެ ވައްގަނޑުން 87ރ. ވަގަށް ނެގި މީހަކު ދެ އަހަރަށް ޖަލަށް ލުމަށް ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޑިސެންބަރު 11، 2012 ވަނަ ދުވަހުގެ ރޭ ދަންވަރު 2:40 އެހާކަށްހާ އިރު ހުޅުދޫ "ކަނޑޮފިށި" ފިހާރައިގެ ބިއްލޫގަނޑު ތަޅާލައިގެން ވަދެ އެތަނުން ވައްކަން ކުރި ކަމުގެ ކުށް ސާބިތުވެ ދެ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ހުޅުދޫ އާބާދުވިލާ ހުސެން ފަޔާޒް، 31، އެވެ.

އޭނާގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައި ވަނީ ފިހާރަ އިން ވައްކަން ކުރި ކަމަށް ފަޔާޒް (ފޮޓޯގައި) އިންކާރު ކުރި ނަމަވެސް، ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައި ހުއްޓާ އޭނާ އަށް ފެނިފައިވާ ކަމަށާއި އެ މަންޒަރު ފެނިގެން ފިހާރައިގެ ތެރެއަށް ވަން ކަމަށް ފަޔާޒު އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އޭނާގެ ޖީބުން ގިނަ އަދަދެއްގެ ވަކި ލާރި ވެސް ފެނިފައިވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.