ޓާޓާ ކޮންސަލްޓެންސީ ސާވިސްސްގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ޓާޓާ ސަންސް އިން ބުރާސްފަތި ދުވަހުގެ ހެނދުނު އިއުލާންކޮށްފައިވާ ގޮތުގައި ކުރިން ސައިރަސް މިސްޓްރީ ހުންނެވި މަޤާމް ކަމަށްވާ ސޮފްޓްވެއާ މޭޖާގެ ޗެއާމެންގެ މަޤާމަށް އިޝާތު ހުސެއިން އައްޔަން ކުރައްވައިފި އެވެ.
ޓީސީއެސްގެ ބޯޑް ޑިރެކްޓަރެއް ކަމަށްވާ އިޝާތު ހުސެއިން ވަނީ، ސޮފްޓްވެއާ މޭޖާގެ ޗެއާމެންގެ މަޤާމަށް އެހެން ކެންޑިޑޭޓަކު އައްޔަން ކުރައްވަންދެން އެމަޤާމާއި ހަވާލުވެފައެވެ.
ޓާޓާ ސަންސްއިން ވަނީ ސައިރަސް މިސްޓްރީ އެކުންފުނީގެ ޑިރެކްޓަރުގެ މަޤާމުންވެސް ވަކިކުރުމަށްޓަކައި ވޯޓްލުމަށް ޓީސީއެސްގެ ހިއްސާދާރުންނާއިއެކު އާންމު ބައްދަލުވުމެއް ބާއްވާނެ ކަމަށް އިއުލާން ކުރައްވާފައެވެ.
ރަތަން ޓާޓާ އެކުންފުނީގެ ވަގުތީ ޗެއާމެންގެ މަޤާމަށް އައްޔަން ކުރުމަށްފަހު، މިއީ ޓާޓާ ސަންސްއިން ޓާޓާ ގްރޫޕްގެ ލީޑާޝިޕްގައި ތިބުމަށް ޖެއްސި ދެވަނަ އުކުޅެވެ.
އޮކްޓޯބަރު 24 ވަނަ ދުވަހު ޓާޓާ ސަންސްއިން ވަނީ މިސްޓްރީ އެކުންފުނީގެ ޗެއާމެންގެ މަޤާމުން ވަކިކޮށްފައެވެ.