ވެޓަރެންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ދެ ދުވަހުގެ ނިޔަލަށް އައްޑޫ ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ "މައިލޯ ކިޑްސް ފިއެސްޓަ" މިއަދު ހަވީރު ނިންމާލައިފި އެވެ.
އައްޑޫގެ ޕްރީ ސްކޫލްތަކާއި ގްރޭޑް 1 ގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ފިއެސްޓަރގައި 14 ސްކޫލަކުން ކުދިން ބައިވެރިވި އިރު ޖުމްލަ 120 މެޗްވަނީ ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ފޯރިގަދަ ނިންމުމުގެ ރަސްމިއްޔާތަކާއި އެކު ނިންމާލި މި ފިއެސްޓަރގެ ޕްރީސްކޫލް ކެޓަގަރީން ޗެމްޕިއަންކަން ހޯދީ ހިތަދޫ ޝެއިހް ހުސެއިން ރަހާ ޕްރީ ސްކޫލްއެވެ. ފައިނަލްގައި ހިރާ ސްކޫލާއި ވާދަކޮށް ޝެއިހް ހުސެން ރަހާ ސްކޫލް ޗެމްޕިއަންކަން ހޯދީ 2-0 ލަނޑުން މޮޅުވެގެންނެވެ.

ގްރޭޑް 1 ކެޓަގަރީން ބިލަބޮންގް ހައި އިންޓަނެޝަނަލް އާއި ޝަރަފުއްދީން ވާދަކޮށް 4-0 ލަނޑުން މޮޅުވެ، ތަށި އުފުލާލީ ޝަރަފުއްދީން ސްކޫލްއެވެ.
ފިއެސްޓަރ ނިންމުމުގެ ރަސްމިއްޔާތުގައި ވެޓަރެންސް އެސޯސިއޭޝަންގެ ނައިބް ރައީސް އަލީ ޝަމީމް ވިދާޅުވީ އަންނަ އަހަރު ބާއްވާ ފިއެސްޓަރގައި ގްރޭޑް 2،3ގެ ދަރިވަރުންނަށް ބައިވެރިވެވޭނެ ގޮތަށް ނިންމާފައިވާ ކަމަށެވެ.

އަލީ ވިދާޅުވީ މިގޮތަށް ނިންމީ ވިހާވެސް ގިނަ ދަރިވަރުންނަށް ފިއެސްޓަގައި ބައިވެރިވުމަށް ފުރުސަތު ދިނުމަށްކަމަށެވެ. އަދި އަންނަ އަހަު ފިއެސްޓަރ ބާއްވާނެ ތާރީހެއް އަންގާނެކަމަށް އަލީ ޝަމީމް ވިދާޅުވި އެވެ.