Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ރައީސް ޔާމީނަށް "އިންޒާރު ދީގެން" ބަޔާން ނަގައިފި

ރައީސް އަބްދުﷲ ޔާމީނަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއްގައި ފޭދޫ މީހަކު ފުުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ނެގުމަށް ފަހު ދޫކޮށްލައިފި އެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭސްބުކްގައި ހިންގާ" ފޭދޫ ކަބަރަ ކޮމިއުނިޓީ" ގައި މި މަހުގެ އަށް ވަނަ ދުވަހު އޭނާ ލިޔުނު ލިޔުމަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ، ފުލުހުން ވަނީ ބަޔާން ނެގުމަށް ފަހު ދޫކޮށްލާފައެވެ.

ފުލުހުން ފޭދޫ ޒުވާނަކު ހައްޔަރުކޮށް ބަޔާން ނަގާފައި މި ވަނީ އަންގާރަ ދުވަހު ރައީސް ޔާމީން އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށެވެ.

ދާދި ފަހުން ފުލުހުން ވަނީ ފޭސްބުކް މެދުވެރިކޮށް، އައިޖީއެމްއެޗް ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މައްސަލައެއް ވެސް ބަލަން ފަށައިފަ އެވެ.