ފޭދޫ އަށް ހިލަ ހިފައިގެން ދިޔަ ބާޖެއް ބަނދަރަށް ވަނުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ ގޮސް ބަނދަރުގެ ތޮށިގަނޑުގައި ޖެހި، ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

މަންޒަރު ދުށް މީހަކު "އައްޑޫ ލައިވް" އަށް ބުނީ ބާޖް ކޮންޓްރޯލް ނުވެ ގޮސް ތޮށިގަނޑަށް އެރީ އައިލެއް ބާރު ކަމުން ކަމަށެވެ.

މި ހާދިސާގައި ތޮށިގަނޑުގައި ބާޖުން ޖެހުމުން ބަނދަރުމަތީގައި ގާ އަތުރާފައި އޮތް ސަރަަހައްދުންނާއި ތާރުގަނޑަށް ވެސްް ގެއްލުންތަކެއްވެފައިވެ އެވެ.

އެ ދިމާލުން މިހާރު އޮތީ އަރި އަޅާލައިފައި ކަހަލަ ގޮތަކަށެވެ.

ހިލަ ހިފައިން އައި ބާޖަކީ ފޭދޫ ހިއްކި ބިމުގައި ޖަހަން ގެންނަ ހިލަ އާ އެކު އައި ބާޖެކެވެ.