Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ގަން ޕޮލިހުގެ ގޮޅިއަށް ބިޑި އާއި ސިނގިރެޓް ވައްދަން އުޅުނު ބައެއްގެ މައްސަލަ ޕީޖީ އަށް

އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުގައި ތަހުޤީޤަށް މީހުން ބަންދުކުރާ ގޮޅިބަރި އަށް ތަކެތި ވައްދަން މަސައްކަތް ކުރި ދެ މީހެއްގެ މައްސަލަ ތަހުޤީޤް ކުރުމަ ށްފަހު ދަޢުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލަ އާ ގުޅިގެން ދަޢުވާ ކުރުމަށްޕީޖީ އަށް ފޮނުވާފައި ވަނީ ސ. ފޭދޫ، ގޯބިލިގެ ޢަބްދުﷲ އަފްޝީން، 24، އާއި ސ. ފޭދޫ، ދުބުރިމާގެ، ޙަސަން ވަހީދު، 20، ގެ މައްޗަށެވެ.

ޢަބްދުﷲ އަފްޝީން އާއި ޙަސަން ވަހީދުގެ މައްޗަށް ދަޢުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ޑިސެމްބަރު 10، 2012 ވަނަ ދުވަހު 23:15 އެހާކަށްހާ އިރު މި ދެ މީހުން ގަން ޕޮލިސް ސްޓޭޝަންގައި ތަހުޤީޤަށް މީހުން ބަންދުކުރާ ގޮޅިބަރި އަށް ސިނގިރޭޓާއި ބިޑި ބޮނޑިއަކާއި ސްޕާރީ ފަދަ ތަކެތި ވެއްދުމަށް މައްސަކަތް ކުރިނިކޮށް ފުލުހުންނަށް ފެނުނު މައްސަލަ އާ ގުޅިގެންނެވެ.

މި މައްސަލަ ޕީޖީ އަށް ފޮނުވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.