ނިއުޒިލެންޑުގެ ދެކުނު ރަށްތަކަށް 7.4 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވަނީ ނިއުޒިލެންޑުގެ ދެކުނު ސަރަހައްދުގައި އޮންނަ ރަށެއް ކަމަށްވާ ކްރައިސްޓްޗާޗްއަށް އާއި 95 ކިލޯ މީޓަރު ދުރުން އައި މިބިންހެލުމުގެ އަސަރު އެހިސާބުގެ ރައްޔިތުންނަށް ކޮށްފައިވާ ކަމަށެވެ.
މިރަށަކީ 2011 ވަނަ އަހަރު އައި ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ، 185 މީހުން މަރުވެ، އަދިވެސް މުޅިން އެހާދިސާއިން އަރައިނުގަނެވިގެން އުޅޭ ރަށެކެވެ.
ބިންހެލުމުގެ ސަބަބުން އަދި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ވެފައިވާކަމުގެ ޚަބަރެއް ލިބިފައިނުވާކަމަށް ބީބީސީ އިން ވަނީ ރިޕޯޓުކޮށްފަ އެވެ.