Last Updated: May 3, 01:04
Friday, May 2, 2025
ޚަބަރު

ފޭދޫ ބަނދަރަށް ލިބުނު ގެއްލުން ބަލަނީ

ފޭދޫ ބަނދަރުގެ ތޮށިގަނޑާ ކައިރި ކުރަނިކޮށް، ކޮންޓްރޯލް ނުވެ ގޮސް އިއްޔެ ބާޖެއް ތޮށިގަނޑުގައި ޖެހި ލިބުނު ގެއްލުންތައް ބަލަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރު މުހައްމަދު ފައިސަލް ވިދާޅުވީ ލިބުނު ގެއްލުން ބެލުމަށް މިހާރު ސާވޭ ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ ސާވޭ ކުރުމަށް ފަހު، ބަނދަރަށް ލިބުނު ގެއްލުންތައް މަރާމާތު ކުރާނެ ކަމަށެވެ.

ހިލަ ހިފައިގެން ފޭދޫ ބަނދަރަށް ވަން ބާޖު ކޮންޓްރޯލް ނައްޓާލައި ބަނދަރުގެ މެދާ ދިމާލުން ތޮށިގަނޑުގައި ޖެހި، ތޮށިގަނޑަށް ގެއްލުންވުމުގެ އިތުރަށް އެ ސަރަަހައްދުގައި އަތުރާފައި ހުރު ގާތައް ނައްޓައިގެން ގޮސް ތާރުގަަނޑަށް ވެސް ގެއްލުންވެފައިވެ އެވެ.