ސ. ފޭދޭ ގެއަކުން ގިނަ ޢަދަދެއްގެ ގުރާތަކެއް ވަގަށް ނެގި މީހެއްގެ މައްސަލައިގެ ތަޙްޤީޤް ނިންމައި ދަޢުވާ ކުރުމަށް އެދި ޕޮރޮސެކިއުޓަ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލާގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ސ. ފޭދޫ ދުނބުރިމާގެ، މުޙައްމަދު ވަހީދު (މޯޑޭ)، 25، ގެ މައްޗަށެވެ.
މުޙައްމަދު ވަޙީދުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ނޮވެމްބަރު 6، 2012 ވަނަ ދުވަހު ފޭދޫ ގެއެއްގައި ބަހައްޓާފައި ހުރި ގުރާ ކޮށްޓަކުން ގިނަ ޢަދަދެއްގެ ގުރާތަކެއް ވަގަށް ނަގައިގެން އެ ގުރާތައް ވިއްކަން އުޅުނު މައްސަލަ އާ ގުޅިގެންނެވެ.