ގަމުން ކޮލަމްބޯއަށް ސީދާ ދަތުރު ފެށުމަށް ތައްޔާރުވަމުން އަންނަކަން މީޑިއާއިން އެގުމާއި ގުޅިގެން، އިމިގްރޭޝަނުން އިސް ނަގައިގެން ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ކުރުމަށްފަހު ގަމުން ކޮލަމްބޯއަށް ސީދާ ދަތުރުފެށޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގަމަށް ދަތުރުތައް ފެށުމަށް ޔޫއެލްއިން ތައްޔާރުވަމުންދާކަން އެނގުނީ މީޑިއާ މެދުވެރިކޮށް ކަމަށާއި، އިމިގްރޭޝަން ކްލިއަރެންސްގެ ކަންކަން ހަމަޖެއްސުމަށް އެ އިދާރާ އިން އިސްނަގައިގެން، ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިވަގުތު ފުރިހަމަ ނުވެ އޮތް ސިސްޓަމަކީ ބޯޑާ ކޮންޓްރޯލް ފޯ އެކްސްޕެޓްރިއެޓް ވޯކާސް އެންޑް ލޯކަލްސްގެ އޮޓޮމޭޓެޑް ސިސްޓަމެކެވެ.
އެހެންވެ ރައްޔިތުންނާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތަށް ބޯޑަރު ކްލިއަރަންސްގެ ކަންކަން ގަން އެއާޕޯޓުގައި ހަމަޖެއްސުމުގެ ކަންކަން ފަށާފައިވާ ކަމަށް އިމިގްރޭޝަން ނޫސް ބަޔާނުގައިވެއެވެ.
"އެހެންކަމުން 01 ޑިސެމްބަރު 2016ގައި ގޭން އިންޓަރނޭޝަނަލް އެއަރޕޯޓުން އޮޕަރޭޓްކުރާ ޝެޑިއުލް ފުލައިޓުން ދަތުރުކުރައްވާ ދިވެހީންނާއި ފަތުރުވެރީންނަށް އިމިގްރޭޝަން ކުލިއަރަންސް ޚިދުމަތްތައް ދެވޭ ވަރަށް އިމިގްރޭޝަނުން ވާންޖެހޭ ތައްޔާރީތައް ވާނެ ކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް މިފުރުޞަތުގައި ދެން،" އިމިގްރޭޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ
ގަމުން ކޮލަމްބޯއަށް ދަތުރު ފެށުމަށް ސްރީލަންކައިން މަސައްކަތް ކުރަމުން ދަނިކޮށް އިމިގްރޭޝަނުން ވަނީ ދަތުރުތަކަށް ތައްޔާރު ނޫން ކަމަށް ބުނެފަ އެވެ.

އައްޑޫގައި ސްރީލަންކަންގެ ޓިކެޓް އޮފީސް ހުޅުވައި މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓިކެޓް ވިއްކަމުން އަންނަ އިރު ދަތުރު ފެށޭނެ ކަމާއި މެދު ޝައްކު އުފެދިގެން ދިޔައެވެ.
ނަމަވެސް އިމިގްރޭޝަނުން މިއަދު ބުނީ ދަތުރު ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.