Last Updated: June 26, 11:11
Friday, June 26, 2026
ޚަބަރު

ޑައިނަމައިޓް އަޅައިގެން ފަރު ގޮއްވަން ތާއިދެއް ނޫން: ރޮޒޭ

މީދޫ އާއި އިސްމެހެލާ ހެރަ ދެމެދު ނެރު ހެދުމަށް ތާއިދު ކުރާކަމަށާއި، ނަމަވެސް ޑައިނަމައިޓް އަޅައިގެން ފަރު ގޮއްވަން އެއްވެސް އިރެއްގައި ތާއިދު ނުކުރާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.

މީދޫގެ ތަރައްޤީއަށް ރޮޒޭ ހުރަސް އަޅަނީ ކަމަށް، ބުނެ ބަޔަކު އަޑީގައި ތިބެގެން މީދޫގައި އިއްޔެ ވަނީ ރޮޒޭގެ އިސްތިއުފާ އަށް ވެސް ގޮވައިފަ އެވެ. މިކަމުގައި އިސްކޮށް ހުންނެވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދެވެ.

ރޮޒޭ "އައްޑޫ ލައިވް" އަށް ވިދާޅުވީ ފަރު ގޮއްވަން ޑައިނަމައިޓް ބޭނުން ކުރީ މީގެ ދިހަ އަހަރު ކުރިން ކަމަށެވެ.

vjghjk

ނަމަވެސް މިހާރު އެ އުސޫލު ހުއްޓާލާފައިވަނީ ގިނަ ސަބަބުތަކެއް ހުރެގެން ކަމަށެވެ.

"އަޅުގަނޑު ބުނާ އެއްޗަކީ ޑައިނަމައިޓް އަޅައިގެން ފަރު ގޮއްވަން ތާއިދު ނުކުރާ ވާހަކަ، ނެރު ކަޑަންވީ، މިއަދު ޓެކްނޮލޮޖީ މިއޮތީ ކުރިއަރާފައި،" އޭނާ ވިދާޅުވި އެވެ. "ކަމަކަށް ކަމެއް ކުރަން އުޅެނީ، ދެން މިހާރު އެ ޖައްސާ ސްޓަންޓަކީ އަހަރެން ހުރަސް އަަޅަނީއޭ ކިޔައިގެން ބަހަނާ ދައްކަން."

ރޮޒޭ އަދި ވިދާޅުވީ ފަރު ގޮއްވައިގެން ނެރު ހެދުމުން ރަށުގެ ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބިގެން ދާނެ ކަމަށެވެ.

އިސްމެހެލާހެރަ އާއި މީދޫ އާއި ދެމެދު ޗެނަލް ކޮންނަމުން އަންނަ އިރު އެއާގަން އަދި ޑްރޮޕް ހެމާ ބޭނުންކޮށްގެން ވެސް އެތަނުގެ ފޫދުއްވާނުލެވުމުގެ ސަބަބުން އެތަނުގެ ފަރު ގޮއްވަން ހުއްދަ އީޕީއޭ އިން ވަނީ ދީފަ އެވެ.

vhv

"މާލޭގައި ކިތަންމެ ހަރަދެއް ކުރަން ޖެހުނަސް އެބަ ކުރެވޭ، ބަޖެޓަށް ވުރެ ކިތަންމެ މަތިވިޔަސް، އެކަމަކު އައްޑޫ ނުވަތަ އަތޮޅު ތެރެވީމަ، އެންމެ ހަރަދު ކުޑަގޮތަކަށް ކަން ކޮށްލާ އުސޫލު މިއޮތި. ފަރު ގޮއްވާލީމާ އިސްމެހެލަ ހެރާ ރިސޯޓަކަށް ހަދައިގެން ކޯއްޗެއް ދައްކަންތޯ ޓުއަރިސްޓުން ގެންނަނީ؟" އޭނާ ވިދާޅު ވިދާޅުވި އެވެ. "މަރުވެފައި އޮތް ފަރެއްތޯ؟ ފަސް ކިލޯ މީޓަރަށް ތިކަމުގެ އަސަރު ކުރާނެކަމަށް އީއައިއޭ ރިޕޯޓުގައި ބުނޭ. ގޭގެއަށް ވެސް އަސަރު ކުރާނެ ކަމަށް އެބަ އޮތް. ކޯގަންނު ގަބުރުސްތާނޯ؟ ރަށް ގިރުމޯ؟ މިކަންކަމަށް ވިސްނަން ޖެހޭނީ ރައްޔިތުން."