Last Updated: June 12, 06:38
Friday, June 12, 2026
މުނިފޫހިފިލުވުން

"ޓީނާ އެންޑް ލޯލޯ" ގައި ސަނީ

ޕޯން ސްޓާރެއްގެ ގޮތުގައި ކުރިން ހަރަކާތްތެރި ވުމަށް ފަހު "ޖިސްމް 2" އިން ބޮލީވުޑަށް ތައާރަފްވި ސަނީ ލިއޯން އާ ފިލްމަކަށް އަނެއްކާ ވެސް ސޮއިކޮށްފި އެވެ.

އެކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ ބިރުވެރި ފިލްމް "ރާގިމީ އެމްއެމްއެސް 2" ގައި މިހާރު މަސައްކަތް ކުރަމުން އަންނަ ސަނީ ސޮއި ކުރި އާ ފިލްމަކީ ދެވަންގް ދޮލަކިއާ ޑައިރެކްޓް ކުރާ އެކްޝަން ފިލްމް "ޓީނާ އެންޑް ލޯލޯ" އެވެ.

"މަރޭގާ ސާލާ" އާއި "3 ޑޭޒް އެންޑް 4 ނައިޓްސް" ގެ ޑައިރެކްޓަރު ބުނީ އޭނާ ސަނީ އާ އެކު ހަދާ ފިލްމްގެ މަސައްކަތް ފަށާނީ އެޕްރީލް މަހުގެ ފަހުކޮޅު ކަމަށެވެ.

"ފިލްމްގެ މަސައްކަތް ފެށުމުގެ ކުރިން ސަނީ ޖެހޭނެ ޓްރޭނިންތަކެއް ވެސް ހަދަން. މި ފިލްމުހައި ފުދޭ ވަރެެއްގެ އެކްޝަން މަންޒަރުތަކެއް ހިމެނޭ،" ދެވާންގް ބުންޏެވެ. "ސަނީ މިހާރު މަސައްކަތް ކުރާ ފިލްމްގެ މަސައްކަތް ނިމުމުން އޭނާގެ ޓްރޭނިންތައް ފެށިގެން ދާނެ."

އޭނާ ބުނީ "ޓީނާ އެންޑް ލޯލޯ" ގެ މަންޒަރުތައް އެކި ގައުމުތަކުގައި ނަގަން ހަމަޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް ފިލްމްގެ ބޮޑު ބައި ޝޫޓް ކުރާނީ އިންޑިއާގައި ކަމަށް ދެވާންގް ބުންޏެވެ.