Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ފަސް މީހަކުވެގެން ރޭޕް ކުރި މައްސަަލައެއް ބަލަނީ

އައްްޑޫގައި ފަސް މީހަކުވެގެން ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ދަންވަރު ވަގުތެއްގައި ކަމަށެވެ.

އެހެން ނަމަވެސް މި މައްސަލަ އާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނާނީ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެެވެ.

އެނގިފައިވާ ގޮތުގައި ފަސް މީހަކުވެގެން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރީ އޭނާ މަރަދޫގައި ހުރެފައި ހިތަދު ދާން ރައްޓެއްސަކަށް ގުޅުމުން އައި ކާރަަށް އޭނާ އަރުވައިގެން ހިތަދު އަށް ދިޔަ މަގުމަތީގައި ފަޅު ގެއަކަށް ވެއްދުމަށް ފަހު އެވެ.

ކާރުގައި ތިބި ފަސް މީހުން ވެސް ތިބީ މަސްތުވެގެން ކަމަށްވެ އެވެ.