އިސްރާފް ކުރުމަކީ އެންމެ ނުބައި އެއް އާދަ ކަމުގައިވިޔަސް، ކޮންމެ ދުވަހަކުވެސް ބަދިގެއިން އެއްލާލާ އިސްރާފް ކާއެއްޗެހި މަދެއް ނުވެއެވެ. އެހެންނަމަވެސް، އެފަދަ އެއްޗެހި މުޅިން އުކާލުމުގެ ބަދަލުގައި އޭގެ ބޭނުން އެހެން ގޮތް ގޮތަށް ހިފިދާނެއެވެ. ތިރީގައި މިވަނީ އިސްރާފް ކުނި ބޭނުން ކުރެވިދާނެ ތަފާތު ގޮތްތަކެވެ.
1. ޕާންފޮތީގެ ކައިރި ފަށަލަ ނުބައިނަމަ، އެބައި ހަރުކުރުމަށްފަހު، ހިމުންކޮށްގެން ފާރޮށި ކުނޑީގެ ގޮތުގައި ބޭނުން ކުރާށެވެ.

2. އޮރެންޖުފަދަ ހުތް މޭވާގެ ތޮށި އުކާނުލާށެވެ. ތޮށީގެ ކުޑަ އެތިކޮޅެއް ބްރައުން ހަކުރުގެ ތެރެއަށް އެޅުމަކީ ހަކުރު ހަރުވުމުން ދުރުކޮށްދޭ ކަމެކެވެ. އެހެންނަމަވެސް، ތޮށި ކުނިވެދާނެތީ، އަބަދުވެސް އެހަކުރު ފުރިޖުގައި ފިނިކޮށްފައި ބަހައްޓަން ހަނދާން ކުރާށެވެ.

3. އާފަލު ތޮށި ރައްކާކޮށް ބެހެއްޓުމަށްފަހު، ސައި ބޯއިރު ސައިގެ ތެރެއަށް އަޅާށެވެ. އެއިރުން މީހާ ތާޒާވެ، އުފާކޮށްދީ އަދި ހަކަތަ އިތުރުކޮށްދޭނެއެވެ. ހަމަ އެހެންމެ އާފަލު ތޮށި އެލުމީނިއަމް ތެލިތައް ސާފުކުރުމަށްވެސް ބޭނުން ކުރެވިދާނެއެވެ.

4. ބިސް ކެއްކުމަށްފަހު އޭގެ ތޮށި އެއްލާލުމުގެ ބަދަލުގައި، ކުދިކުދި ކޮށްފައި ސިންކަށް އަޅާށެވެ. އެއިރުން ސިންކަށް އެޅޭ ކުނިތައް އެއްތަނެއްގައި ޖަމާވެ، ސާފުކުރަން ފަސޭހަވާނެއެވެ.

5. ބޭނުންކޮށްފައިވާ ސައިފަތް ގައިގައި ސޫފާސޫފި ހަފާފައިވާ ތަންތަނުގައި ހާކާށެވެ. އެއީ ސައިފަތުގައި ހުންނަ ޓޭނިކް އެސިޑަކީ އެންޓި-ފްލެމޭޓްރީ މާއްދާއެއްގެ ގޮތުގައި މަސައްކަތްކުރާ އެއްޗަކަށް ވާތީއެވެ.
