Last Updated: June 26, 11:11
Friday, June 26, 2026
ކުޅިވަރު

ފުރަތަމަ މެޗުން އައްޑޫ ބެޑްމިންޓަން ޓީމަށް މޮޅެއް

މާލޭ ކުޅިވަރު އެކުވެނީގައި މިހާރު ކުރިއަށްދާ 9 ވަނަ އަތޮޅު ބެޑްމިންޓަން މުބާރާތުގައި އައްޑޫ ބެޑްމިންޓަން ޓީމް ކުޅުނު ފުރަތަމަ މެޗުން އޭދަފުށީގެ މައްޗަށް ކުރި ހޯދައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗަށް ފަހު ޓީމްގެ މެނޭޖަރ މޫސާ ފަތުހީ (މޫސާ) ބުނީ ޓީމް އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި، ޓީމް މެޗަށް ނުކުތީވެސް އޭދަފުށި ޓީމް ބަލިކުރުމުގެ ރޫހެއްގައި ކަމަށެވެ.

އައްޑޫ ސިޓީ ބެޑްމިންޓަން ޓީމް މިފަހަރު މުބާރާތާއި ކުރިމަތިލީ ވަރަށް ބޮޑަށް ތައްޔާރުވުމަށް ފަހުއެވެ.

މެނޭޖަރ މޫސަ ބުނީ ފުރަތަމަ މެޗުން މޮޅުވުމުން ދެން ނިކުންނާނީ ވަރުގަދަ ހިތްވަރަކާއި އެކު ދެވަނަ މިޗެ ކާމިޔާބް ކުރުމަށް ކަމަށެވެ.

އައްޑޫ ސިޓީ ޓީމް ދެވަނަ މެޗް އޮންނާނީ މިރޭއެވެ. ބައްދަލު ކުރާނީ ފ. ނިލަންދޫ ބެޑްމިންޓަން ޓީމާއިއެވެ. އައްޑޫ ސިޓީ އަންހެން ބެޑްމިންޓަން ޓީމްގެ މެޗެއް މިއަދު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.