Last Updated: May 1, 11:23
Thursday, May 1, 2025
ޚަބަރު

ބެންކް ކުރިމަތީގައި ޓްރެފިކް ފުލުހުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސ. ހިތަދޫ ބްރާންޗުން އެދިގެން އެ ބްރާންޗް ކުރިމަތީގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވަމުން ދާކަމަށް ފުލުހުން ބުނެފި އެވެ.

ބެންކްގެ އިސް އޮފިޝަލަކު ބުނީ އެބްރާންޗް ކުރިމަތީގައި އާއްމުންނަށް އުދަނގޫވާ ގޮތަށް ބައެއް ފަރާތަކުން ވެހިކަލްތައް ޕާކް ކުރާތީ އެކަން ނުކުރުމަށް ސެކިއުރިޓީ މެދުވެރިކޮށް ބުނެގެން އެމައްސަލަ ހައްލު ނުވެގެން އެ ސަރަހައްދުގައި ހަރަކާތްތެރިވި ޓްރެފިކް ފުލުހުން ގާތު އެދުނު ކަމަށެވެ.

އަދި އެ ގޮތަށް އެދިގެން ފުލުހުން އެ ސަރަހައްދުގެ ޓްރެފިކް ކޮންޓޯލްކޮށްފައިވާ ކަމަށެވެ.

ހިތަދޫ ބޭންކް ސަރަހައްދަކީ ގިނަ އަދަދެއްގެ ވެހިކަލް ޕާކް ކުރާ ސަރަހައްދަކެވެ. އަދި މަސް ނިމޭ ދުވަސް ކޮޅާއި މަހުގެ ކުރީ ކޮޅު އެސަރަހައްދު އޮންނަނީ ވެހިކަލާއި ހެދި ފުރިފަ އެވެ.
އަދި ލިންކް ރޯޑުން ބާރު ސްޕީޑްގައި ވެހިކަލް ދުއްވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިގުމަކީ އެކަށީގެންވާ ކަމަކެވެ.