ޑެންގީ ބަލީގެ ގާތްގަނޑަކަށް 2،000 ކޭސް ރެކޯޑް ކުރެވިފައިވާ ހުޅަނގު އެފްރިކާގެ ސްޓޭޓްއެއް ކަމަށްވާ ބުރްކީނާ ފާސޯގައި އެބަލީގެ ސަބަބުން މަދުވެގެން 20 މީހުން މަރުވެއްޖެއެވެ.
ޑެންގީއަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. އަދި އެއީ ޓްރޮޕިކަލް އަދި ސަބް ޓްރޮޕިކަލް ސަރަހައްދުތަކުގައި އާންމު ބައްޔެކެވެ.
ޑެންގީއަކީ މުޅި ދުނިޔޭގައިވެސް ބަލިމަޑުކަން ފެތުރުމުގެ އެންމެ ބޮޑު އެއް ސަބަބު ކަމުގައި ވީއިރު، އަހަރަކު 100 މިލިއަން އެޕިސޯޑްގެ ހުން ބައްޔެއް ޑެންގީގެ ސަބަބުން ފެތުރެއެވެ.
ބުރްކީނާ ފާސޯގައި ޑެންގީ ފެތުރެމުންދާ މިންވަރު ވަނީ މީހުން ސަމާލުކަމަށް ގެނެސްފައެވެ. އަދި އޮފިޝަލުން ދަނީ އެކަމާއި ގުޅިގެން އާންމުންގެ ތެރޭގައި ކަންބޮޑުވުންތައް އުފެދުން މަދުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޑެންގީ ހުމަކީ އާންމުކޮށް ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ޖެހޭ ބައްޔެކެވެ. އެހެންނަމަވެސް، އާންމުކޮށް އެއީ ފުރާނައަށް ނުރައްކާ ކުރާވަރުގެ ބައްޔެއް ނޫނެވެ.
ޑެންގީ ހުން ޖެހޭ ގިނަ މީހުންނަށް ބޮލުގައި ރިއްސުމާއި ހުން އައުމާއި ކުރިމަތިލާން ޖެހޭނެއެވެ. ބައެއް މީހުންނަށް ގައިގެ އެކިތަންތަނުގައި ރިއްސާ ތަދުވެ، އެ ނިޝާންތައް ދެތިން ދުވަހަށް ދެމިގެން ދެއެވެ.
ޑެންގީ ހުން ޖެހިފައިވާ މީހަކަށް ތިން މަސްވަންދެން ވަރުބަލިކަން އިހުސާސް ކުރެވޭނެއެވެ. އެހެންނަމަވެސް އާންމު ގޮތެއްގައި ފަރުވާގެ ބޭނުމެއް ނުވާނެއެވެ.
ވާގަޑޫގޫގެ ހުރިހާ ސަރަހައްދަކުންވެސް ޑެންގީ ބަލީގެ މައްސަލަތައް ފެންމަތިވެފައިވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެއެވެ.
އިތުރު ދެ ސަރަހައްދެއް ކަމަށްވާ ދެކުނުގެ ސާހެލް ރީޖަންއާއި ހުޅަނގުގެ އޫ-ބެއްސިންއިންވެސް ވަނީ ޑެންގީ ހުމުގެ މައްސަލަތައް ރިޕޯޓް ކުރެވިފައެވެ.