މާލޭ ކުޅިވަރު އެކުވެނީގައި މިހާރު ކުރިއަށްދާ 9 ވަނަ އަތޮޅު ބެޑްމިންޓަން ލީގްގެ ފައިނަލަށް އައްޑޫ ސިޓީން ބައިވެރިވި ދެޓީމް ދަތުރުކޮށްފިއެވެ.
އައްޑޫ ސިޓީ ފިރިހެން ޓީމް ފައިނަލުން ޖާގަ ހޯދީ ކުޅުނު ދެމެޗްވެސް ކާމިޔާބްކޮށްގެންނެވެ. ފިރިހެން ޓީމް ފުރަތަމަ މެޗް ބ. އޭދަފުށި މައްޗަށް ކާމިޔާބް ހޯދި އިރު ދެވަނަ މެޗް ކާމިޔާބް ކުރީ ފ. ނިލަންދޫ އާއި ވާދަކޮށްގެންނެވެ.
ފައިނަލް މެޗްގައި އައްޑޫ ސިޓީ ޓީމް ވާދަކުރާނީ މުބާރާތުގައި ހިމެނޭ އެންމެ މޮޅު އެއްޓީމްކަމަށްވާ ނ. ހޮޅުދޫ އާއިއެވެ.
އައްޑޫ ސިޓީ އަންހެން ޓީމް މިފަހަރު ވާދަލުރަނީ ގައުމީ މުބާރާތުގެ އެއްވަނަ ޑިވިޝަނުގައެވެ. އެޓީމް ކުޅުނު ދެމެޗްގެ ތެރެއިން އެއް މެޗުން މޮޅުވި އިރު އެޓީމް ބަލިވެފައިވަނީ މުބާރާުގައި ފައިނަލުގައިވެސް އެޓީމް ވާދަކުރަން ޖެހޭ މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑަމީ (މީބާ) އާއިއެވެ. އައްޑޫ އަންހެން ޓީމް މޮޅުވީ އޮފް އެފްސީ އަތުންނެވެ.
މުބާރާތުގެ ފައިނަލް މެޗްތައް އޮންނަ ގަޑި އެގޭނީ މިއަދުއެވެ.
އައްޑޫ ސިޓީ ޓީމް މިފަހަރުގެ މުބާރާތަށް ގޮސްފައިވަނީ ދުރާލާ ޕްރެކްޓިސްކޮށް ރަނގަޅު ނަތީޖާ އަކާއި އެކު އެބުރިއައުމަށްކަމަށް ޓީމްގެ މެނޭޖްމަންޓުން ވަނީ ބުނެފައެވެ.