Last Updated: August 4, 13:53
Monday, August 4, 2025
ޚަބަރު

ފުލުހުން މަރަދޫފޭދޫ މީހަކު ހޯދަނީ

އައްޑޫ ފުލުހުން ތަހުގީގު ކުރަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މި މައްސަލާގައި ހޯދަނީ މަރަދޫފޭދޫ، ކަލަރުމާގެ، ޙުސައިން ޒިޔާދު، 42، އެވެ.

އޭނާ އާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ އެ މަޢުލޫމާތެއް ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 ނުވަތަ 6888825 އަށް، ނުވަތަ އައްޑޫ ސިޓީ ޕޮލިސްގެ އިންވެސްޓިގޭޝަން ހޮޓްލައިން 9796240 އަށް ގުޅައި ހިއްސާ ކުރަން ފުލުހުން ވަނީ އެދިފަ އެވެ.