Last Updated: July 1, 14:02
Wednesday, July 1, 2026
މުނިފޫހިފިލުވުން

ރަންބީރާއި ސޯނަމް އަލުން އެކުގައި

ސަންޖޭ ލީލާ ބަންސާލީގެ "ސާވަރިޔާ" އިން 2007 ގައި ބޮލީވުޑަށް ތަޢާރަފްވި ރަންބީރް ކަޕޫރާއި ސޯނަމް ކަޕޫރް 10 އަހަރަށް ފަހު އަނެއްކާ ވެސް އެކީގައި ފިލްމެއް ކުޅެން ތައްޔާރުވެއްޖެ އެވެ.

މަޝްހޫރު އެކްޓަރު ސަންޖޭ ދަތު، 57، ގެ ހަޔާތުގެ މައްޗަށް ބިނާކޮށް "މުންނާބާއީ" ސީރީޒްގެ ޑައިރެކްޓަރު ރާޖްކުމާރް ހިރާނީ ޑައިރެކްޓް ކުރާ ފިލްމްގައި ސަންޖޭގެ ރޯލް ކުޅޭ ރަންބީރް ކުޅޭ އިރު، ސޯނަމް ފެނިގެން ދާނީ ހާއްސަ ރޯލަކުންނެވެ.

މިއީ އާމިރް ހާން 2014 ގައި އޭލިއަނެއްގެ ރޯލުން ފެނިގެން ދިޔަ "ޕީކޭ" އަށް ފަހު، ހިރާނީ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.

މި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ތެރޭގަ އެވެ.

ފިލްމްގެ ޚާއްސަ ފެނިލުމަކުން ބޮލީވުޑްގެ ފެޝަނިނިސްޓާ ސޯނަމް ފެނިގެންދާ އިރު، އެ ރޯލަކީ 1990 ގެ އަހަރުތަކުގައި ސަންޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެކްޓްރެސްއެއްގެ ރޯލެވެ.

ranbir-sonam-saawaariya

އެހެން ނަމަވެސް ސޯނަމްގެ ކެރެކްޓާއަކީ ވަކި މީހެއް ރަމްޒުކޮށް ދޭ ކެރެކްޓާއެއް ނޫން ކަމަށްވެ ވެ. އެއީ 1980-1990 ގެ އަހަރުތަކުގައި ސަންޖޭ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެކިއެކި އަންހެނުންގެ ގޮތް ދައްކުވައިދޭ ޚިޔާލީ ކެރެކްޓާއެކެވެ.

ފިލްމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ އިރު ރަންބީރް މިހާރު ވެސް އަންނަނީ ސަންޖޭގެ ކެރެކްޓާ އަށް ވަރަށް ބޮޑެތި ތައްޔާރީތަކެއްވަމުންނެވެ. ބޭނުން ވަނީ ވީހާ ވެސް އަސްލާ އެއްގޮތަށް ސްކްރީންގައި ސަންޖޭގެ ކެރެކްޓާ އޭނާ ކުޅޭ ރޯލުން ދައްކައިލުމެވެ.

ސަންޖޭގެ މި ބައޮޕިކްގައި "އޭ ދިލް ހެ މުޝްކިލް" ގައި ރަންބީރާ އެކު ހަރަކާތްތެރިވި ބަތަލާ އަނުޝްކާ ޝަރްމާ ނޫސްވެރިއެއްގެ ރޯލުން ފެނިގެން ދާނެ އެވެ.

ހިރާނީ ވަނީ އެކަން "މިރާ" އަށް ކަށަވަރުކޮށް ދީފަ އެވެ.