ކޮފީ މެޝިނަކީ މިހާރަކަށް އައިސް ވަރަށް ގިނަ ގޭގޭގައި ބޭނުންކުރާ އެއްޗެކެވެ. އެހެންނަމަވެސް، ކޮފީ ތައްޔާރު ކުރުމުގެ އިތުރުން ކޮފީ މެޝިން ބޭނުން ކުރެވިދާނެ ގޮތްތައް ގިނަ މީހުންނަކަށް ނޭނގެއެވެ.
1. ޕޯޗްޑް ޕެޕާ ޗިކަން
ކޮފީ ޖަގުގެ ތެރެއަށް 2 ކުކުޅު ކޮޅާއި، 2 ސައިސަމުސާ ބަޓަރު، 1 ސައިސަމުސާ އަސޭމިރުސް، 2 ސައިސަމުސާ ކްރީމް، 1 ސައިސަމުސާ ކެޝޫނަޓް ޕޭސްޓް، ބޭނުން ވައްތަރެއްގެ ތަރުކާރީ ކުދިކޮށް ކޮށާފައި، 1 ސައިސަމުސާ އޮރެގާނޯ، 1 ސައިސަމުސާ ޓޮމާޓޯ ސޯސް، ކުކުޅު ނިވާވާ ވަރަށް ފެނާއި ރަހަ ހެޔޮވަރު ވަރަކަށް ލޮނު އަޅާފައި 15 މިނެޓަށް ނުވަތަ ކުކުޅު ރޯފިލަންދެން ކައްކާށެވެ.
2. އޯޓްމީލް
އޯޓްމީލް ޕެކެޓްގައި ހުންނަ އޯޓްމީލް ކޮފީ މެޝިނުގެ ޖަގަށް އަޅާލާށެވެ. އެއަށްފަހު އޭގެތެރެއަށް ކިރު ނުވަތަ ފެން އެޅުމަށްފަހު ގާތްގަނޑަކަށް 4 މިނެޓަށް ކައްކާށެވެ.
3. ޗޮކްލެޓް ފޮންޑިއު
1 ½ ޖޯޑު ކްރީމް ކައްކާށެވެ. އޭގެތެރެއަށް އެއް ޖޯޑް ޗޮކްލެޓް ޗިޕްސް އެޅުމަށްފަހު 10 މިނެޓަށް ކައްކާށެވެ. އެއިރުން ފޮންޑިއު ހުންނާނީ ތައްޔާރު ވެފައެވެ.
4. ކެއްކި ބިސް
ކޮފީ މެޝިނުގެ ޖަގަށް ބިސް އެޅުމަށްފަހު، ބިސް ނިވާވާ ވަރަށް އޭގެތެރެއަށް ފެން އަޅާށެވެ. އަދި އެއަށްފަހު 10-12 މިނެޓަށް ކައްކާށެވެ.
5. ނޫޑްލްސް
ކޮފީ މެޝިނުގެ ޖަގުގެ ތެރެއަށް ނޫޑްލްސްއާއި ނޫޑްލްސް ޕެކެޓުގައި އޮންނަ މަސާލާ ޕެކެޓާއި ދެ ޖޯޑް ފެން އެޅުމަށްފަހު 7-10 ނުވަތަ ރޯފިލަންދެން ކައްކާށެވެ.
6. ބަތް
½ ޖޯޑް އިންސްޓެންޓް ހަނޑޫ ޖަގަށް އަޅާފައި، ޕެކެޓުގައި ލިޔެފައި އޮތް މިންވަރަށް ފެން އަޅާށެވެ. އެއަށްފަހު ރޯފިލަންދެން ކައްކާށެވެ.
7. ސްޕައިސްޑް ސައި
ފެން، ކިރު، ފޮނިތޮށި، ކާފޫރު ތޮޅި، ހަކުރު އަދި ސައިފަތް އަޅާފައި ކައްކާށެވެ. އެއަށްފަހު ފުރާނާށެވެ.
8. ފެނުކެއްކި އަލުވި
ޖަގުގެ ތެރެއަށް އަލުވި އަޅާފައި އެކަށީގެންވާ މިންވަރަށް ފެން އަޅާށެވެ. އެއަށްފަހު އަލުވިތައް ރޯފިލަންދެން ކައްކާށެވެ.