Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

އިންޑިއާގެ އާ 500 އާއި 2،000 ނޭޕާލްގައި މަނާ

ނޭޕާލް ރާސްތްރާ ބޭންކް - ފޮޓޯ: ޓިބެޓް ޓުއާސް

ނޭޕާލް ރާސްތްރާ ބޭންކްއިން އިންޑިއާގެ އާ 500 އަދި 2،000 ރުޕީސްގެ ނޫޓްތަކަކީ ޤާނޫނާއި ޚިލާފު އަދި ހުއްދަނޫން ނޫޓްތަކެއް ކަމަށް ބުނެ، ބުރާސްފަތި ދުވަހުން ފެށިގެން އެނޫޓްތައް ބޭނުންކުރުން މަނާކޮށްފިއެވެ.

އާ ނޫޓްތައް ދޫކޮށްފައިވަނީ ދާދިފަހުން ކުރީގެ 500 އަދި 1،000 ރުޕީސް އިންޑިއާގައި ބޭނުން ކުރުން މަނާކުރުމަށްފަހު، ރިޒާވް ބޭންކް އޮފް އިންޑިއާއިންނެވެ.

ނޭޕާލް ރާސްތްރާ ބޭންކް (އެންއާރްބީ)އިން ވަނީ އެނޫޓްތަކަކީ "ހުއްދަ ކުރެވިފައި ނުވާ އަދި ޤާނޫނާއި ޚިލާފު" ނޫޓްތަކެއް ކަމުގައި ބުނެފައެވެ.

އޮންލައިން ނޫހެއް ކަމަށްވާ އޮންލައިންޚަބަރްއިން ރިޕޯޓްކުރާ ގޮތުގައި އިންޑިއާގެ އާ ފައިސާގެ ނޫޓްތައް އަދި ނޭޕާލްގައި ހުއްދަ ނޫންކަމަށް އެންއާރްބީގެ ތަރުޖަމާނު ނާރާޔަން ޕައުޑެލް ވަނީ ބުނެފައެވެ.

ޕައުޑެލް ބުނި ގޮތުގައި އެނޫޓްތައް ނޭޕާލްގައި ހުއްދަ ކުރެވޭނީ އިންޑިއާއީ ފީމާ (އެފްއީއެމްއޭ) ނޯޓިފިކޭޝަންއެއް ނެރުމުން ކަމަށެވެ. އެއީ ފޮރިން އެކްސްޗޭންޖް މެނޭޖްމެންޓް އެކްޓްގައިވާ ގޮތުގެ މަތިންނެވެ.

އިންޑިއާއިން ފީމާ ނޯޓިފިކޭޝަންއެއް ދޫކުރާނެ ކަމަށް ލަފާކުރެވެއެވެ. އެިރުން ނޭޕާލްއާއި އިންޑިއާގައި ދިރިއުޅެމުން އަންނަ މީހުންނަށް ކޮންމެވެސް މިންވަރަކަށް އިންޑިއާގެ ފައިސާ ގެންގުޅުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

މީގެ ކުރިން މިދިޔަ އަހަރާއި ހަމައަށް ނޭޕާލްގައި މިހާރު މަނާކުރެވިފައިވާ އިންޑިއާގެ 500 އަދި 1،000 ރުޕީސްގެ ނޯޓްތައްވެސް މަނާކުރެވުނެވެ.

އެނޫޓްތައް ހުއްދަ ކުރެވުނީ ބޮޑު ވަޒީރު ނަރޭންދްރާ މޯދީ ނޭޕާލްއަށް ކުރެއްވި ޒިޔާރަތަށް ފަހުގައެވެ.

ނޭޕާލްއިން ވަނީ މިދިޔަ އަހަރު 25،000 އާއި ހަމައަށް ބޮޑެތި އަދަދުތަކުގެ އިންޑިއާ ފައިސާގެ ނޫޓްތައް ގެންގުޅުމަށް ހުއްދަ ދީފައެވ