Last Updated: June 12, 06:38
Friday, June 12, 2026
ވިޔަފާރި

"އެއަޕޯޓް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ކޮމިޓީ" އުފައްދައިފި

އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަޕޯޓް (އައިއެންއައިއޭ) ތަރައްޤީކޮށް ހިންގުމަށް ސަރުކާރަށް ލަފާދެއްވުމަށްޓަކައި "އެއަޕޯޓް އެޑްވައިޒަރީ ކޮމިޓީ"ގެ ނަމުގައި ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކު މިއަދު ކޮމިޓީއެއް އުފައްދަވައިފިއެވެ.

އެކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ މުޙަންމަދު ޢުމަރު މަނިކު މ. ރުއްކަރަ، އާއި އަޙްމަދު ސަލީމް ހ. ގަދަމޫ، އާއި ޞަލާޙް ޝިހާބު މ. އާބަގީޗާ، އާއި ޢާއިޝަތު ޒާހިރާ ހ. ސަނޯރާމާގެ އިތުރުން ޢަދްނާން ޢަލީ ގ. އާސަމް އެވެ.