އުތުރު އިރާންގައި ހިނގި ރޭލު އެކްސިޑެންޓެއްގައި މަދުވެގެން 31 މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.
ރޭލުގެ ހަތަރުބައި ރޭލު ދަނގަޑުން ނައްޓައިގެން ގޮސް އިތުރު ދެބައެއްގައި ވަނީ އަލިފާން ރޯވެފައެވެ. އެއީ ހުކުރު ދުވަހު އިންޓާސިޓީ އެކްސްޕްރެސްގައި އެހެން ރޭލެއް ޖެހުމުގެ ސަބަބުންނެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އިރާންގެ ވެރިރަށް ޓެހްރާންގެ އިރުމަތިން 250 ކިލޯމީޓަރު ދުރުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެކްސިޑެންޓްގައި މަރުވި މީހުންގެ ތެރޭގައި ރޭލްވޭގެ ހަތަރު މުވައްޒަފުން ހިމެނެއެވެ.
ސްޓޭޓް ގަވަރުނަރު މުހައްމަދު ރިޒާ ޚައްބާޒް މީޑިއާ މަޢުލޫމާތު ދީފައިވާ ގޮތުގައި މަރުވެފައިވާ 31 މީހުން ހޯދިފައިވާ ކަމަށާއި އިތުރު 70 މީހުންނަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި ފަރުވާ ދެމުންކަމަށެވެ.
މި އެކްސިޑެންޓް ހިނގި ސަބަބު ހޯދުމަށްޓަކައި ތަޙުޤީގުތައް ދަނީ ކުރެވެމުންނެވެ.