Last Updated: July 1, 13:43
Wednesday, July 1, 2026
ރިޕޯޓް

ފަސޭހައިން ލޮނުމެދު ނޮޅާނެ ގޮތްތަކެއް

މީގެ އެތަށް އަހަރުތަކެއް ކުރިން އޭގެއިން ދުވާ ވަރުގަދަ، ނުބައި ވަހުގެ ސަބަބުން މީހުންގެ ފާޑުކިޔުންތައް އަމާޒުވި ލޮނުމެދަކީ މިހާރަކަށް އައިސް އޭގެއިން ލިބޭ ސިއްޙީ ފައިދާތަކާއި މީރު ރަހައިގެ ސަބަބުން ކެއްކުމުގައި އާންމުކޮށް ބޭނުން ކުރެވޭ އެއްޗެކެވެ.

1. އެންމެ ފަސޭހައިން ލޮނުމެދު ނޮޅޭނެ ގޮތަކީ ވަރަށް ގަދައަށް ހެލުވައިގެންނެވެ. އެކަން ކުރުމަށްޓަކައި މަތިޖަހާފައިވާ ބިއްލޫރި ފުޅިއެއްގެ ތެރެއަށް ލޮނުމެދު އެޅުމަށްފަހު، ވީހާވެސް ބާރަށް އެފުޅި ހެލުވާށެވެ. މާގިނައިރެއް ނުވަނީސް، ލޮނުމެދުގެ ތޮށި ނޮޅޭތަން ފެންނާނެއެވެ.

2. 20-30 ވަންދެން ލޮނުމެދު މައިކްރޯވޭވް ކޮށްލުމެވެ. އެއިރުން އޭގެ ތޮށި ވަކިވެ، ނޮޅަން ފަސޭހަވާނެއެވެ.

3. މައިކްރޯވޭވްއެއް ނެތްނަމަ، ލޮނުމެދު ތަވާއަކަށް އަޅާފައި ހަނާކުރާށެވެ. ލޮނުމެދުގެ ހަން ކަޅުވާން ފެށުމުން، ހަނާކުރުން ހުއްޓާލާށެވެ. އެއިރުން ހުންނާނީ ވަރަށް ފަސޭހައިން ތޮށި ނޮޅޭވަރު ވެފައެވެ.

4. ވަޅިއެއް ބޭނުންކޮށްގެންވެސް ލޮނުމެދު ފުނޑިދާނެއެވެ. އެގޮތުން ލޮނުމެދު އަތްތިލަ މަތީގައި ބާއްވާފައި، ވަޅިއެއް ބޭނުންކޮށްގެން ބާރަށް ފިއްތާލާށެވެ.

5. އެއް ގަޑިއިރު ވަންދެން ލޮނުމެދު ފެނުލާށެވެ. އެއަށްފަހު ފަހަރަކު އެކަތި ނެގުމަށްފަހު މަޑުމަޑުން ބިންމަތީގައި ބާއްވާފައި ފިއްތާލާށެވެ. އެއިރުން ތޮށިގަނޑު ވަކިވެ، ވަގުތުން ލޮނުމެދު ނޮޅޭނެއެވެ.