Last Updated: July 1, 13:43
Wednesday, July 1, 2026
ޚަބަރު

ޔޫޕީގެ ރައްޔިތުންނަށް ހިލޭ ފޯން ބަހަނީ

ފޮޓޯ: އިންޑިއަން އެކްސްޕްރެސް

އިންޑިއާގައި ދާދިފަހުން ކުރީގެ 500 އަދި 1000 ރުޕީސްގެ ނޫޓްތައް ބޭނުންކުރުން މަނާ ކުރެވުމާ ގުޅިގެން އަންދްރަ ޕްރަދޭޝް (ޔޫޕީ) ގެ ސަރުކާރުން ދަނީ މާލީ ގޮތުން ފުދުންތެރި ނޫން މީހުންނަށް "ކޭޝްލެސް" މޮބައިލް ޓްރާންސެކްޝަންތައް ކުރިއަށް ގެންދިއުމަށްޓަކައި ހިލޭ މޮބައިލް ފޯންތައް ދޭން ނިންމައިފި އެވެ.

ޗީފް މިނިސްޓަރު އެން ޗަންދްރަބާބޫ ނާއިޑޫ ވަނީ އެޕްލޭން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއިއެކު ބޭއްވި ބައްދަލުވުމުއްގައި ހުށައަޅުއްވާފަ އެވެ.

"ޑިޖިޓަލް ޓްރާންސެކްޝަންތައް ކުރުމަށްޓަކައި ކޮންމެ މީހަކަށްވެސް މޮބައިލް ފޯނެއް ބޭނުންވާނެ. އެހެންކަމުން އަޅުގަނޑުމެން ބޭނުންވަނީ މިޚިޔާލު ތަންފީޒުކޮށް އަދި މޮބައިލް ފޯންތައް ބެހުމަށް"، އޭނާ ވިދާޅުވިއެވެ.

އާރްބީއައިގެ އޮފިޝަލުން ޗީފް މިނިސްޓަރަށް މަޢުލޫމާތުދިން ގޮތުގައި 3،000 ކްރޯޑް ރުޕީސްގެ އާނޫޓްތައް އަންދްރަ ޕްރަދޭޝްއަށް ނޮވެމްބަރު މަހުގެ 28 އާއި ހަމައަށް ފޯރާނެއެވެ.

އޭގެތެރެއިން 60 ކްރޯޑް ރުޕީސް ވާވަރަށް ކުޑަ ނޫޓްތައް ހިމެނޭނެކަމަށްވެސް އާރްބީއައި އިން މަޢުލޫމާތު ދެއެވެ.

ފައިސާގެ މައްސަލަ ޙައްލުވަންދެން އެންމެ މަތީ އޮފިޝަލުންނާއިއެކު ޓެލެކޮންފަރެންސް މެދުވެރިކޮށް، އެމައްސަލަ ވީހާވެސް ގާތުން ބެއްލެވުމަށް ޗީފް މިނިސްޓަރު ވަނީ ބޭންކަރުންގެ އަރިހުން އެދިފައެވެ.

އާރްބީއައިގެ ރިޕްރެޒެންޓޭޓިވް ހަރީ ސަންކަރް، އަންދްރަ ބޭންކްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ޖީ.އެސް.ވީ ކްރިޝްނާ ރާއޯ އަދި އިތުރު އިސް އޮފިޝަލުން އެބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.