Last Updated: July 1, 13:43
Wednesday, July 1, 2026
މުނިފޫހިފިލުވުން

ބަތަލާ ފްލޮރެންސް ހެންޑާސަން މަރުވެއްޖެ

ފޮޓޯ: ރިޗާޑް ޝޮޓްވެލް/އިންވިޝަން/އޭޕީ

މަޝްހޫރު ކޮމެޑީ ޑްރާމާ "ބްރޭޑީ ބަންޗް" ގައި ކެރޯލް ބްރޭޑީގެ ރޯލް އަދާ ކުރި ފްލޮރެންސް ހެންޑާސަން، އުމުރުން 82 އަހަރުގައި މަރުވެއް ޖެއެވެ.

އޭނާގެ ތަރުޖަމާނުން ބުނާގޮތުގައި ހެންޑާސަން މަރުވީ ބުރާސްފަތި ދުވަހު ލޮސް އެންޖެލިސްގައި ހުންނަ ސެޑާސް-ސިނާއި މެޑިކަލް ސެންޓަރުގައި އެޑްމިޓް ކުރެވުނުތާ އެއް ދުވަސް ފަހުންނެވެ.

އެންމެ ފުރަތަމަ 1969 ވަނަ އަހަރު ދައްކާލެވުނު 'ދަ ބްރޭޑީ ބަންޗް' އަކީ އެކަނިވެރިން މައިންބަފައިން އާއިލާއެއް ހޯދުމަށްޓަކައި ކައިވެނި ކުރާ ވާހަކަ ކިޔައިދޭ ސީރީޒެކެވެ.

އިންޑިއާނާއަށް އަށް 1934 އަހަރު އުފަންވި ހެންޑާސަން، ޓީވީން ފެނުމުގެ ކުރިން އޭނާގެ އެކްޓިންގް ކެރިއާ ފެށީ ތިއޭޓަރުންނެވެ.

އޭނާ އެންމެ ފުރަތަމަ ސްޓޭޖަކުން ފެނިފައިވަނީ އުމުރުން 19 އަހަރުގައި ނިއު ޔޯކްގައި ބޭއްވުނު "ވިޝް ޔޫ ވަ ހިއާ" ކިޔާ ޑްރާމާއަކުންނެވެ.

އޭނާވަނީ 'ދަ ސައުންޑް އޮފް މިއުޒިކް'ގައި މާރިއާގެ ރޯލާއި 'ސައުތު ޕެސިފިކް'ގައި ނެލީ ފޯބުޝްގެ ރޯލްވެސް ކުޅެފައެވެ.

އެހެންނަމަވެސް، އޭނާގެ ކެރިއާ ނިމުމަމަކަށް އައީ 1965 ވަނަ އަހަރުގައި ލޮސް އެންޖެލިސްގައި 'ދަ ކިންގް' ކުޅެމުން ދަނިކޮށް، އޭނާގެ ކަންފަތުގެ އިވުން ގެއްލުމާއި ގުޅިގެންނެވެ.

ވާރުތަވާ ބައްޔެއް ކަމަށްވާ އޮސްޓިއޯސްކްލީރޯސިސް ބައްޔަށް ފަރުވާ ހޯދަމުން އައިސް އޭނާވަނީ ދެކަންފަތުގެ އިވުން ރަނގަޅު ކުރުމަށްޓަކައިވެސް ސާޖަރީތައް ހަދާފައެވެ.

1974 ވަނަ އަހަރާއި ހަމައަށް ޓީވީއިން ދެއްކި 'ދަ ބްރޭޑީ ބަންޗް' ގެ ސަބަބުން ހެންޑާސަންއާއި އޭނާގެ ކޯސްޓާރުންނަށް ވަނީ ބައިނަލްއަޤްވާމީ މަޝްހޫރުކަން ލިބިފައެވެ.

އޮސްކާ އެވޯޑް ލިބުނު އެކްޓްރެސުން ކަމަށްވާ މާލީ މެޓްލިންއާއި ޕެޓްރީސިއާ އާކުއެޓް ވަނީ ހެންޑާސަން ނިޔާވިކަމުގެ ޚަބަރު ލިބިގެއިން ޓްވިޓާގައި އެކަން ފާޅުކޮށްފައެވެ.

_92650361_henderson3

2010 ވަނަ އަހަރު ބޭއްވުނު ރިއަލިޓީ ޝޯ "ޑާންސިންގް ވިތު ދަ ސްޓާސް"ގައި ހެންޑާސަންވަނީ ކޮންޓެސްޓެންޓްއެއްގެ ގޮތުގައި ބައިވެރިވެފައެވެ.

'ދަ ބްރޭޑީ ބަންޗް'ގެ އިތުރުންވެސް އޭނާވަނީ ވަރަށް ގިނައިން ޓީވީއިން ފެނިފައެވެ. އެގޮތުން ހެންޑާސަންއަކީ 'ދަ ޓުނައިޓް ޝޯ'ގެ އެންމެ ފުރަތަމަ އަންހެން މެހުމާނެވެ.

އޭނާ ވަނީ 'ފިފްޓީ ޝޭޑްސް އޮފް ބްލެކް' އަދި 'ޑިކީ ރޮބާޓްސް: ފޯމާ ޗައިލްޑް ސްޓާ'ފަދަ ކޮމެޑީ ފިލްމުތަކުން ޚާއްސަ ފެނިލުމަކުން ފެނިފައެވެ.