Last Updated: July 28, 10:12
Tuesday, July 28, 2026
ޚަބަރު

ހިތަދޫ ބޭރުމަތި އަވަށުގައި ފިނި މައިޒާނެއް ހަދަނީ

ހިތަދޫ ބޭރުމަތި އަވަށުގައި ފިނި މައިޒާނެއް ގާއިމު ކުރަން ނިންމައި، އެ މަސައްކަތްކޮށް ދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.

ކައުންސިލުން ބުނީ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން އަންނަ މަހުގެ އެއް ވަނަ ދުވަހު ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.

ކައުންސިލުން ބުނީ މައުލޫމާތު ސާފު ނުކުރާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބަލައި ނުގަންނާނެ ކަމަށެވެ.

އައްޑޫ ރައްޔިތުންގެ ދުޅަހެޔޮ ކަމަށް ހާއްސަކޮށްގެން ކައުންސިލުން އަންނަނީ ޕާކްތަކާއި ފިނި މައިޒާން ފަދަ އިޖުތިމާއީ ތަންތަން ތަރައްގީ ކުރަމުންނެވެ.

އެގޮތުން އަވަށްތަކުގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ޕާކްތަކާއި ފަތާ ޓްރެކްތަކުގެ ބޭނުން ރައްޔިތުން އަންނަނީ ހިފަމުންނެވެ.