Last Updated: June 28, 04:05
Saturday, June 27, 2026
ކުޅިވަރު

އޮންދިގޯ އެފްސީ ޒެފިއާ ފުޓްސަލް ކަޕްގެ ގުރުލުން މިރޭ

މިމަހު 30 ވަނަ ދުވަހު އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮންދިގޯ އެފްސީ ޒެފިއާ ފުޓްސަލް ކަޕުގެ ގުރުލުން މިރޭ ހިތަދޫ ސީޝެލްސް ރެސްޓޯރެންޓުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޖުމުލަ 9 ޓީމެއް ބައިވެރިވާ މިމުބާރާތުގެ ގުރުލުން ހަމަޖެހިފައިވަނީ އީދިގަލި ކިޅި ކައިރީގައި ހުންނަ ސީޝެލްސް ރެސްޓޯރެންޓުގައި މިރޭ 9:00 ގައެވެ.

މުބާރާތް ކުރިއަށް ދާނީ ދެ ގުރޫޕަކަށް ޓީމުތައް ބަހާލެވިގެންނެވެ. އެގޮތުން ގްރޫޕް އޭ ގައި 5 ޓީމު، އަދި ގްރޫޕް ބީ ގައި ހަތަރު ޓީމު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީގެ ހިތަދޫގެ ތިން އަވަށަށް އަމާޒުކޮށްގެން ކުރިއަށްދާ މިމުބާރާތުގައި ކުޅެވޭނީ މުޅިންވެސް އައްޑޫގެ ކުޅުންތެރިންނަށެވެ. މިފަހަރުގެ މުބާރާތް ބޮޑަށް އަމާޒުވެފައިވަނީ ހިތަދޫއަށް ވުމުން ކޮންމެ ޓީމެއްގައި ގިނަވެގެން ތިބެވޭނީ އައްޑޫގެ ހިތަދޫ ފިޔަވައި އެހެން އަވަށުތަކުގެ 3 ކުޅުންތެރިންނަށެވެ.

މިމުބާރާތް ކުރިއަށްދާނީ ހިތަދޫ އީދިގަލި ދަނޑުގައެވެ. ޓީމުތަކަށް ސަޕޯޓުކުރުމަށް ވަޑައިގަންނަވާ ބޭފުޅުން ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓުކުރުމަށް އެފްސީ ޒެފިއާއިން ވަނީ އިލްތިމާސް ކޮށްފައެވެ.