Last Updated: July 1, 13:43
Wednesday, July 1, 2026
މުނިފޫހިފިލުވުން

"ޑިއާ ޒިންދަގީ" އަށް ފުރަތަމަ ދުވަހު 8.75 ކްރޯޑް

އިންޑިއާގައި ކުރީގެ 500 އާއި 1000 ރުޕީސް މަނާކުރެވުމާއި ގުޅިގެން، މިފަހަކަށް އައިސް ރިލީޒްކުރެވުނު ފިލްމްތަކަށް ނޭދެވޭ އަސަރުކޮށްފައިވި ނަމަވެސް، ޝާހް ރުކް ޚާންއާއި އާލިއާ ބަޓްގެ ފިލްމް "ޑިއާ ޒިންދަގީ" ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ގޯރީ ޝިންޑޭ ޑައިރެކްޓް ކޮށްފައިވާ މިފިލްމް އިއްޔެ ރިލީޒްކުރެވުނު އިރުނު، އެންމެ ފުރަތަމަ ދުވަހުވެސް ބޮކްސް އޮފީހުގައި ވަނީ 8.75 ކްރޯޑް ރުޕީސް ހޯދާފައެވެ.

"ޑިއާ ޒިންދަގީ" އިން އާލިއާ ބަޓް ފެނިގެންދާނީ ކާއިރާގެ ރޯލުންނެވެ. އެއީ ކާއިރާގެ ޙަޔާތުގައި ދިމާވާ އެކިއެކި ކަންތައްތަކުގެ ވާހަކަ ދައްކުވައިދޭ ފިލްމަކަށް ވީއިރު، އެފިލްމްގައި އާލިއާ އަދާކޮށްފައިވާ ރޯލަށް ވަނީ ވަރަށް ބޮޑަށް ތަޢުރީފާއި ތަރުޙީބު ލިބިފައެވެ.

ފިލްމްއިން ދެން ފެނިގެންދާ ޝާހް ރުކް ޚާން އަދާކޮށްފައިވަނީ ޑރ. ޖެހަންގިރް ޚާންގެ ރޯލެވެ. އެރޯލުގައި އޭނާވަނީ ވަރަށް މުހިންމު މައްސަލަތަކަކާއި ބެހޭގޮތުން މުޖުތަމަޢުއާއި ސުވާލުކޮށްފައެވެ.

މިފިލްމްއިން ކުނާލް ކަޕޫރް، އަލީ ޒަފަރް، އިރާ ދުބޭ އަދި އަންގަދް ބޭދީވެސް ފެނިގެންދެއެވެ.