Last Updated: July 1, 13:43
Wednesday, July 1, 2026
ރިޕޯޓް

ޑިމޮނެޓައިޒޭޝަން: ގަހަނާ ފިހާރަތައް ނުހުޅުވާތާ 16 ދުވަސް

ފޮޓޯ: ޕުރާންސް ޖުވެލާސް

އިންޑިއާގެ ވެރިރަށް ދިއްލީގައި ރަނާއި ގަހަނާ ވިއްކާ ފިހާރަތައް ހޮނިހިރު ދުވަހުވެސް ބަންދެވެ. އެއީ އެފިހާރަތައް ޖެހިޖެހިގެން ބަންދު ކުރަމުން އަންނަތާ 16 ވަނަ ދުވަހެވެ.

މިކަން މިގޮތަށް ހިނގާފައިވަނީ އިންކަމް ޓެކްސް ޑިޕާޓްމެންޓްއިން އިންޑިއާގެ ސަރުކާރުން އިއުލާންކުރި ޑީމޮނެޓައިޒޭޝަންއާއި ގުޅިގެން ޓެކްސް ނުދައްކާ ފަރާތްތަކާއި ނަހަމަ ގޮތުގައި ފައިދާ ނަގާ ފަރާތްތައް ދެނެގަތުމަށްޓަކައި ސާވޭތައް ކުރަން ފެށުމުންނެވެ.

އެސާވޭތައް ކުރިއަށް ގެންގޮސްފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު، ދިއްލީ-އެންސީއާރް ސަރަހައްދުގައިވާ ހަތަރު ތަނެއްގައެވެ. އޭގެތެރޭގައި ދަރިބާ ކަލަން، ޗާންދްނީ ޗޯކް އަދި ކެރޯލް ބާގް ހިމެނެއެވެ.

އިންޑިއާގެ ސަރުކާރުން ކަޅު ފައިސާ ނައްތާލުމަށްޓަކައި ކުރީގެ 500 އަދި 1000 ރުޕީސްގެ ނޫޓްތައް ބޭނުންކުރުން މަނާކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

ވެރިރަށް ދިއްލީގައި ނޮވެމްބަރު 11އިން ފެށިގެން ގިނަ ގަހަނާ ވިއްކާ ފިހާރަތައް ވަނީ ބަންދު ކުރެވިފައެވެ.