Last Updated: July 1, 13:43
Wednesday, July 1, 2026
ޚަބަރު

ސޯމާލިއާގެ ބޮމުގެ ހަމަލާއެއްގައި 11 މީހުން މަރުވެއްޖެ

ފޮޓޯ: އޭޕީ

ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި ހިނގި ކާރު ބޮމުގެ ހަމަލާއެއްގެ މަދުވެގެން 11 މީހުން މަރުވެ، އިތުރު 16 މީހުން ޒަޚަމްވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ ވަބެރީ ސަރަހައްދުގައެވެ. އެއީ ރައީސް ހަސަން ޝެއިޚް މުހައްމަދު އެތަނާއި ކައިރި ޔުނިވާސިޓީ އަކަށް ޒިޔާރަތް ކުރައްވަނިކޮށެވެ.

އެއްވެސް ގްރޫޕަކުން އެހަމަލާގެ ޒިންމާ ނަގާފައި ނުވާއިރު، އެކަމުގެ ތުހުމަތުތައް ކުރެވިފައިވަނީ އިސްލާމިސްޓް މިލިޓެންޓް ގްރޫޕް ކަމަށްވާ އަލް-ޝަބާބްގެ މައްޗަށެވެ.

އެހާދިސާ ހިނގިއިރު އެތާނގައި ހުރި މީހެއް ކަމަށްވާ އަބްދުﷲ އޮސްމާން ބުނީ އެއީ ވަރަށް ހަލަބޮލި ވަގުތުކޮޅެއް ކަމަށާއި މަރުވެފައިވާ މީހުންގެ ހަށިގަނޑުގައް މުޅި އެކު ހިސާބުތަކުގައި ހުރި ކަމަށެވެ.

އެމްބިއުލާންސްގެ މުވައްޒަފުން ބުނާގޮތުގައި މަރުވި މީހުންގެ އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ.

އަމާންކަން ދެމެހެއްޓުމަށް މަސައްކަތްކުރާ 22،000 މީހުން ސޯމާލިއާގައި މަލްޓި-ނޭޝަނަލް އެފްރިކަން ޔޫނިއަން ފޯސްއިން އައްޔަން ކޮށްފައިވެއެވެ.

ސޯމާލިއާއިން ވަރަށް ހަރުކަށިކޮށް ޝަރީޢާއާއި އެއްގޮތަށް ޢަމަލުކުރުމަށް ބޭނުންވާ އަލް-ޝަބާބްއިން "ޕީސްމޭކަރުން" ސޯމާލިއާގައި ތިބުމާއި ދެކޮޅު ހަދައެވެ.

ދެކުނު އަދި ސޯމާލިއާގެ މެދުތެރޭގައިވާ އެމީހުންގެ ގިނަ ސަރަހައްދުތަކުން ބޭރު ކުރެވިފައިވިނަމަވެސް، އަލް-ޝަބާބްއިން ދަނީ ސޯމާލީ ސަރުކާރާއި ބިދޭސީ ސިފައިންނާއި ދެކޮޅަށް ނުރައްކާތެރި ހަމަލާތައް ދެމުންނެވެ.