Last Updated: July 1, 13:43
Wednesday, July 1, 2026
މުނިފޫހިފިލުވުން

ކަރީނާ ވިހާނީ އަންނަ މަހު 20 ގައި

ކަރީނާ ކަޕޫރް ޚާން ގެއިން ނިކުންނަ ކޮންމެ ފަހަރަކު، މީޑިއާގައި އޭނާގެ "ބޭބީ ބަމްޕް" ގެ ވާހަކަ ދެކެވެ އެވެ.

އެގޮތުން ދާ ދިފަހުން ކަރީނާގެ މަންމަ ބަބީތާ އާއި ބައްޕަ ރަންދީރް ކަޕޫރް އޭނާ އަށް ޒިޔާރަތް ކުރުމުން، ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަރީނާ ވިހަން އުޅޭކަމުގެ ވާހަކަތައް މީޑިއާގައި ފެތުރިގެން ދިޔަ އެވެ.

ކަރީނާ ވިހާނީ ކޮން ދުވަހަކުން ކަމާއިމެދު މީޑިއާގައި ވާހަކަ ދެކެވެމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ބީޓައުންގައި ވާހަކަ ދެކެވޭ ގޮތުގައި ކަރީނާ އޭނާގެ އެންމެ ފުރަތަމަ ދަރިފުޅު ވިހެއުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ސޯބޯ ހޮސްޕިޓަލެއްގަ އެވެ.

"ކަރީނާ ވަނީ އޭނާގެ ޕްރެގްނެންސީ ވަރަށް ރަނގަޅަށް ހޭންޑަލް ކޮށްފަ. އަޅުގަނޑުމެން އެންމެންވެސް އިންތިޒާރު މިކުރަނީ އޭނާގެ ކުޑަ ދަރިފުޅު އުރާލުމަށް. އޭނާ ވަރަށް ދުޅަހެޔޮ އަދި ދަރިފުޅު ހާލުވެސް ރަނގަޅު. އާނ، އޭނާ ވިހެއުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 20ގައި. އޭނާ ވިހާނީ ޤުދުރަތީ ޕްރޮސީޖާއިންތޯ ނުވަތަ ސާޖަރީއަކުން ކަން މިވަގުތު ބުނެވޭކަށް ނެތް. ވިހާ ދުވަސް ކައިރިވުމުން އޭނާގެ ޑޮކްޓަރުން ދަރިފުޅު އޮތްގޮތާއި ކަރީނާގެ ސިއްޙަތަށް ބަލާފައި ގޮތެއް ނިންމާނީ. މިވަގުތަށްޓަކައި އަޅުގަނޑުމެން މިތައްޔާރު ވަނީ ކާފަދަރިފުޅަށް މަރުހަބާ ކިޔުމަށް"، ރަންދީރާ ސުވާލު ކުރުމުން އޭނާ ބުނެފައިވެ އެވެ.