Last Updated: July 1, 13:43
Wednesday, July 1, 2026
ޚަބަރު

އިންޑިއާގައި ޖަޕާންގެ ފަތުރުވެރިއަކު ރޭޕްކޮށްފި

ރޭޕްއާއި ދެކޮޅަށް ތައްޔާރު ކޮށްފައިވާ ޕޯސްޓަރެއް

އިންޑިއާގެ ކެރަލާއަށް ޒިޔާރަތްކުރި 35 އަހަރުގެ ޖަޕާނުގެ އަންހެނަކު ކަރްނާޓަކާގެ ފިރިހެނަކު ކޮވަލަމްގައި ރޭޕްކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.

ރޭޕްކުރި ކަމުގެ ތުހުތަމު ކުރެވިފައިވާ ތޭޖާ (25އަހަރު) ވަނީ ޖަޕާންގެ ފަތުރުވެރިޔާ ބަޔާނާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އޭނާގެ އާއިލާއަކީ ކޮވަލަމްގައި އަތްތެރިމަސައްކަތުގެ އެއްޗެހި ވިއްކާ ފިހާރައެއް ހިންގާ ބައެއް ކަމަށް ފުލުހުން ބުނެއެވެ. ތޭޖާއާއި ޚިލާފަށް އައިޕީސީ ސެކްޝަން 376 (ރޭޕް)ގެ ދަށުން ވަނީ މައްސަލައެއް ރަޖިސްޓްރީ ކޮށްފައެވެ.

ތުހުމަތު ކުރެވޭގޮތުގައި މިހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭކަމަށް ފުލުހުން ބުނެއެވެ. މިހާދިސާގައި އަނިޔާވި އަންހެނާގެ ޒަޚަމްތަކުގެ ސަބަބުން ލޭއަންނާތީ، ހޮޓެލްގެ މުވައްޒަފުންގެ އެހީގައި އޭނާވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

ހޮސްޕިޓަލުގެ އަމުރުވެރި ފަރާތްތަކުން ލިބުނު މަޢުލޫމަތަކާއި ގުޅިގެން، އަނިޔާވި އަންހެން މީހާގެ ބަޔާން ނެގުމަށްފަހު ފުލުހުން ވަނީ ތުހުމަތު ކުރެވުނު ފިރިހެން މީހާ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނާ ގޮތުގައި އެއަންހެން މީހާ ކޮވަލަމްއަށް ގޮސްފައިވަނީ ހުކުރު ދުވަހުގެ ރޭގަނޑުއެވެ.