މަޝްހޫރު އިނގިރޭސި ޕޮޕް ބޭންޑް "ސްޕައިސް ގާލްސް" ގެ ކުރީގެ މެމްބަރު މެލް ބީ ވަނީ ބެވަލީ ހިލްސްގައި ހުންނަ އޭނާގެ ގޭގެ ބޭރުގައި ޕާކްކޮށްފައި އޮތް އޭނާގެ ކާރު ތެރެއަށް ގަދަކަމުން ވަދެ، އޭގެއިން ވައްކަންކުރި ވަގުމީހާ ހޯދާ މީހަކަށް 5،000 ޑޮލަރު (4،000 ޕައުންޑް) ގެ އިނާމެއް ދޭން އިއުލާންކޮށްފި އެވެ.
41 އަހަރުގެ ލަވަކިޔުންތެރިޔާ ވަނީ ފިރިހެނަކު، ހުކުރު ދުވަހުގެ ދަންވަރު 05:42 ގައި އޭނާގެ ކާރުން ފޮށިތަކެއް ނެރުމަށް މަސައްކަތްކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އިންސްޓާގްރާމްގައި ޕޯސްޓްކޮށްފައެވެ.
މެލް ބީ ވަނީ އޭނާގެ ފޭނުންގެ ގާތުން އެހާދިސާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، އިންސްޓާގްރާމް މެދުވެރިކޮށް އޭނާގެ ފިރިމީހާ ސްޓީފެން ބެލާފޮންޓޭއާއި ގުޅުމަށް އެދިފައެވެ.
ފުލުހުން އެމައްސަލަ ތަހުޤީގު ކުރަމުންދާ ކަމަށާއި، އެހެންނަމަވެސް އެދެމަފިރިން އާންމުންގެ އެހީވެސް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

"ފުލުހުންނަށް މިހާރުވެސް ވަރަށް ރަނގަޅަށް އެނގޭ ތިއީ ކާކުކަން. އެކަމަކު 5،000 ޑޮލަރު ހޯދަން ބޭނުން އެހެންމީހަކު ވާނަމަ، އަހަރެންގެ ފިރިމީހާއަށް ޑީއެމް ކުރޭ"، އޮސްޓްރޭލިއާގައި ދަ އެކްސް ފެކްޓާގައި ފަނޑިޔާރުކަން ކުރަމުން އަންނަ މެލް ބީ ބުނެފައިވެއެވެ.
މެލް ބީ ބުނީ އޭނާއާއި އޭނާގެ ފިރިހެނުންނަށް އެމައްސަލައާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިން ކޮންމެ މީހަކަށްވެސް ފައިސާގެ އިނާމް ދޭނެކަމަށެވެ.
މެލް ބީގެ ނަމުން މަޝްހޫރުވެފައިވާ ލަވަކިޔުންތެރިޔާގެ އަސްލު ނަމަކީ މެލަނީ ބްރައުންއެވެ. އޭނާވަނީ ކުރީގެ "ސްޕައިސް ގާލްސް" ކަމަށްވާ ގެރީ ހޯނައާއި އެމާ ބަންޓަންއާއިއެކު "ޖެމް"ގެ ނަމުގައި އާގްރޫޕެއް އުފެއްދުމަށް ނިންމާފައެވެ.