ހިތަދޫގެ ފުޓުބޯޅަ ކުލަބެއް ކަމަށްވާ އެފްސީ ޒެފިއާ އިން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް ކަޕް، ޒެފިއާ ފުޓްސަލް ކަޕް 2016 ގެ ގުރުލުން ރޭ ބާއްވައިފި އެވެ.
ރޭ ސީޝެލްސް ރެސްޓޯރެންޓުގައި ބޭއްވި މި ހަފްލާގައި މުބާރާތުގެ މެއިން ސްޕޮންސަރު އޮންދިގޯ ޓްރޭޑާސް އިން ވަނީ ބައިވެރިވެފަ އެވެ.
ޖުމްލަ ނުވަ ޓީމެއް ބައިވެރިވާ މިމުބާރާތުގެ ޓީމުތައް ބަހާލެވިފައިވަނީ ދެ ގްރޫޕަކަށެވެ.

ގްރޫޕް އޭ ގައި 5 ޓީމު، ބީ ގައި 4 ޓީމު ވާދަ ކުރާގޮތަށް ހަމަޖެހިފައިވާ އިރު މުބާރާތް ފެށޭނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.

އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ގްރޫޕް ސްޓޭޖުގެ މެޗުތަށް ކުރިއަށް ދާނެއެވެ. ގްރޫޕް ސްޓޭޖު ފަހަނަޅައި ސެމީ ފައިނަލަށް ދަތުރު ކުރާ ޓީމުތަކުގެ މެޗުތަށް ކުޅުމަށް ހަމަޖެހިފަ އިވަނީ ޑިސެމްބަރު 12 އަދި 13 ވަނަ ދުވަހުގަ އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޑިސެމްބަރު 16 ވާ ހުކުރު ދުވަހުގައެވެ. އީދިގަލި ކިޅި ކައިރީ އޮންނަ އީދިގަލި ދަނޑުގައި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މެޗު ބެލުމަށާއި ސަޕޯޓުކުރުމަށް ދަނޑަށް ދާ ސަޕޯޓަރުން ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓުކުރުމުގައި ދެމިތިބުމަށް އެފްސީ ޒެފިއާ އިން ވަނީ ތަކުރާރުކޮށް އިލްތިމާސް ކޮށްފައެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ އޮންދިގޯ ޓްރޭޑާސްއެވެ. ކޯ ސްޕޮންސަރަކީ އައްޑޫ ސިޓީ ކައުންސިލެވެ. އަދި މުބާރާތުގެ ޓެލެކޮމިއުނިކޭޝަން ޕާޓްނަރަކީ ދިރާގެވެ. ޕްރިންޓިން ޕާޓްނަރަކީ ކޮންޓްރޯލް ޕީ އެވެ.
މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ "އައްޑޫ ލައިވް" އެވެ. މުބާރާތުގެ ހުރިހާ މެޗުތަކުގެ ތަފްސީލު "އައްޑޫ ލައިވް" އިން ކިޔުންތެރިންނާއހަމައަށް ގެނެސްދޭނެއެވެ.