ގޭންގްސްޓާއަކުން ސިޔާސީ މީހަކަށް ބަދަލުވި، ޑެޑީގެ ނަމުން މަޝްހޫރުވެފައިވާ އަރުން ގާއުލީގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމް "ޑެޑީ" އަށްޓަކައި އަރްޖުން ރާމްޕާލް ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
އާދަޔާއި ޚިލާފު ގޮތަކަށް ފިލްމް ޕްރޮމޯޓް ކުރުމުގެ ގޮތުން، ފިލްމްގެ ޕްރޮޑިއުސަރުން ވަނީ ފިލްމްގެ 40 ސިކުންތުގެ ވީޑިއޯ ނެރެފައެވެ.
އެ ވީޑިއޯގައި އަސްލު ޑެޑީ (އަރުން ގާއުލީ) އަންޑާވޯލްޑާއި ބެހޭގޮތުން އޭނާގެ ޚިޔާލުތައް ހުރިގޮތް ކިޔައިދެއެވެ.
އަރްޖުން ވަނީ އެޓީޒާ ވީޑިއޯ އޭނާގެ ޓްވިޓާ އެކައުންޓްގައި ޝެއާކޮށްފައެވެ. އެފިލްމްގެ އެންމެ ފުރަތަމަ 29 ނޮވެމްބަރު ވާ އަންގާރަ ދުވަހު ނެރުމަށް ވަނީ ހަމަޖެހިފަ އެވެ. އި
ރޯސް އިންޓަނޭޝަނަލް، ކުންޑާލިނީ އެންޓާޓެއިންމެންޓް އަދި ކެރެޓް އެންޓަޓެއިންމެންޓްއިން އުފައްދާ "ޑެޑީ" ގައި ލީޑް ރޯލުން އަރްޖުން ރާމްޕާލް ފެނިގެންދާއިރު، އެފިލްމް ޑައިރެކްޓް ކޮށްފައިވަނީ އާޝިމްއެވެ.