Last Updated: July 1, 11:57
Wednesday, July 1, 2026
ރިޕޯޓް

އާންމުކޮށް ބޭނުން ނުކުރާ ހާއްސަ މޭވާތައް

1. އަސާއީ ބެރީ

photo

މޭބިސްކަދުރާއި ވަރަށް ވައްތަރު، ގަދަ ދަނބު ކުލައިގެ އަސާއީ ބެރީއަކީ އެންމެ ފުރަތަމަ މެދު އަދި ދެކުނު އެމެރިކާއިން ފެނުނު މޭވާއެކެވެ. ވަރަށް ގިނަ ސްމޫތީތަކާއި، ޖޫހާއި ފިހުނު ފޮނި އެއްޗެހި ތައްޔާރު ކުރުމަށްޓަކައި އަސާއީ ބެރީ ބޭނުންކުރެއެވެ.

2. ޕާސިމަން

photo-1

ރީނދޫ-އޮރެންޖު ޓޮމާޓޯއާއި ވަރަށް ވައްތަރު ގޮތެއް ހުންނަ ޕާސިމަންއަކީ ވަރަށް މަޑު އަދި ފޮނި މޭވާއެކެވެ. ޕާސިމަން ކެއުމަށް އެންމެ ރަނގަޅު ގޮތަކީ ސަމްސަލަކުން އޭގެ އެތެރެ ބައި ކަހާލުމެވެ. މިމޭވާ އަކީ ވަރަށް ގިނަ ކޭކާއި ޕޭސްޓްރީތައް ހެދުމުގައިވެސް ބޭނުން ކުރެވޭ އެއްޗެކެވެ. ހަމަ އެއާއިއެކު، ފެހި ފަތް ސެލެޑުގެ ތެރެއަށް ޕާސިމަން ކުދިކޮށް ކޮށާފައި އަޅައިގެންވެސް ކެވިދާނެއެވެ.

3. ޕްރިކްލީ ޕެއާ

photo-2

ބޭރު ތޮށީގައި ކަށި ހުރުމުގެ ސަބަބުން ނޮޅަން އުނދާގު ނަމަވެސް، ކެކްޓަސް އާއިލާއަށް ނިސްބަތްވާ ޕްރިކްލީ ޕެއާއަކީ ވަރަށް މީރު، ފޮނި މޭވާއެކެވެ. ޕްރިކްލީ ޕެއާ ރޮލާއި ކެއުމުގެ އިތުރުން، ޖޭމާއި ޖެލީ އަދި ޓާޓްތައް ތައްޔާރު ކުރުމަށްވެސް ބޭނުން ކުރެވިދާނެއެވެ.

4. ޑާރިއަން

photo-3

އެންމެ ނުބައިވަސްދުވާ މޭވާގެ ގޮތުގައި މަޝްހޫރުވެފައިވާ ޑާރިއަންއަކީ ވަރަށް މަޑު، ކްރީމީ މޭވާއެކެވެ. ހުރިހާ މޭވާތަކުގެ ރަސްގެފާނުގެ ގޮތުގައި އިރުދެކުނު އޭޝިއާގައި ނަންކުރެވިފައިވާ ޑާރިއަންގައި ލަނީ އެލްމަންޑް އައިސްކްރީމް ރަހައެވެ.

5. ކެނިސްޓެލް

photo-4

މެދު އެމެރިކާއާއި މެކްސިކޯގައި ހައްދާ ކެނިސްޓެލްއަކީ "އެގް-ފްރުޓް"ގެ ނަން ދެވިފައިވާ، ވަރަށް މީރު މޭވާއެކެވެ. ދޮންވެ ފައްކާވެފައިވާ ކެނިސްޓެލްގައި ލާނީ ކަސްޓާޑް ރަހައެވެ. އާންމުކޮށް ކިރާއި އެއްކޮށްގެން އައިސްކްރީމްއާއި މިލްކް ޝޭކްތައް ހެދުމުގައި ކެނިސްޓެލް ބޭނުން ކުރެއެވެ.

6. މަބުސްތާނު

photo-5

އެންޓިއޮކްސިޑެންޓްތަކުން ފުރިގެންވާ މަބުސްތާނަކީ ކެންސަރާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެހީވެދޭ މާއްދާތައް އެކުލެވިގެންވާ ކަމަށް ޤަބޫލު ކުރެވޭ މޭވާއެކެވެ. މަބުސްތާނަކީ ޕީޗް އަދި ކްރީމް ފޮނި ކާއެއްޗެއްގެ ރަހަދޭ މޭވާއެކެވެ.