Last Updated: July 1, 11:57
Wednesday, July 1, 2026
ޚަބަރު

ޔުނިވާސިޓީގައި ބަޑީގެ ހަމަލާ ދިން މީހާ މަރުވެއްޖެ

ފޮޓޯ: އޭޕީ

އޮހާއިއޯގެ ކެމްޕަސްއެއްގައި ހިނގި ހަތް މީހުންނަށް އަނިޔާވި ބަނޑީގެ ހަމަލާ ދިންކަމަށް ޝައްކު ކުރެވޭ މީހާ ބަޑިޖެހުމަށްފަހު މަރުވެއްޖެ ކަމަށް ރިޕޯޓް ކުރެވެއެވެ.

އޮހާއިއޯ ސްޓޭޓް ޔުނިވާސިޓީއިން ވަނީ އެޔުނިވާސިޓީގެ ދަރިވަރުންނަށް "ރަން ހައިޑް ފައިޓް" (ދުވެ ފިލައި ހަނގުރާމަ) ކުރުމަށް އިންޒާރުދީ ޓްވީޓެއް ފޮނުވާފައެވެ.

އޭގެ ގަޑިއިރުތަކެއް ފަހުން ފުލުހުން ވަނީ ހާދިސާ ހިނގިތަން ރައްކާތެރިކަމަށް އިއުލާންކޮށްފައެވެ. އެހާދިސާއަށްފަހު ހޯމަ ދުވަހު އެޔުނިވާސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތް ހުރިހާ ކްލާސްތަކެއް ވަނީ ކެންސަލް ކުރެވިފައެވެ.

ކޮލަމްބަސް ފަޔާ ޑިޕާޓްމެންޓްއިން ބުނެފައިވާ ގޮތުގައި އަނިޔާވި ދެމީހުންގެ ހާލު ސްޓޭބަލްއެވެ. ނަމަވެސް އަނެއް ފަސް މީހުންގެ ޙާލު އަދި ސާފެއް ނުވެއެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި 60،000 ދަރިވަރުން ކިޔަވަމުންދާ އެޔުނިވާސިޓީގައި ހިނގި ހާދިސާގައި ޖުމްލަ ނުވަ މީހަކަށް އަނިޔާވިއެވެ.

ބަޑިޖެހުން ފަށާފައިވަނީ އެކޮލެޖުގެ މެޓީރިއަލްސް ސައިންސް އަދި އިންޖިނިއަރިންގް އިމާރާތް ކަމަށްވާ ވޯޓްސް ހޯލް ކައިރީގައި، ގަޑިން ގާތްގަނޑަކަށް 10:00 ޖެހިއިރެވެ.

"އަހަންނަށް އެންމެ ފުރަތަމަ އަޑު އިވުނީ ހަޅޭއްތަށް"، އެކޮލެޖުގެ ދަރިވަރު ސިޑްނީ އަޔާލޭންޑް އޭބީސީ ނިއުސްއަށް މަޢުލޫމާތު ދިނެވެ.

ސިޑްނީ އަޔާލޭންޑް ބުނިގޮތުގައި އޭގެ ފަސް ސިކުންތު ފަހުން ތިން ވަޒަން ޖެހި އަޑު އިވުނެވެ. އަދި އިވުނީ ހޭންޑްގަންއެއްގެ އަޑު ކަމަށްވެސް އޭނާ ބުނެއެވެ.

"އަހަރެން ދުވަހަކުވެސް އެފަދަ ކަމެއް ނުދެކެން. ދެވެން އޮތް ކޮންމެ ދިމާލަކަށް މީހުންތައް ދުއްވައިގަތީ"، އޭނާ ބުންޏެވެ.

ސްކޫލް ނޫސް ކަމަށްވާ "ދަ ލެންޓާން"އިން ރިޕޯޓް ކުރާ ގޮތުގައި އެހާދިސާ ހިނގި ސަރަހައްދުގައި ބޮން ސްކޮޑެއްވެސް ޙަރަކާތްތެރިވިއެވެ.

ކައިރި ސަރަހައްދުތަކުގައި ހުރި ސްކޫލްތަކުގެ ދަރިވަރުންވެސް އެސްކޫލްތަކުން ބޭރަށް ދިއުމަށް ވަނީ މަނާ ކުރެވިފައެވެ.

އަޕާ އާލިންގްޓަން އަދި ގްރޭންޑްވިއު ސްކޫލްތަކުގެ ދަރިވަރުންނަށް މައިންބަފައިން ނުވަތަ ބެލެނިވެރިއެއް ނުލައި ސްކޫލުން ބޭރަށް ނުދެވޭނެ ގޮތްވެސް ވަނީ ހަދާފައެވެ.