Last Updated: July 1, 11:57
Wednesday, July 1, 2026
މުނިފޫހިފިލުވުން

ޝާހްގެ ފިލްމްގެ ތާރީހު ނިންމީ ސަލްމާން

ސަލްމާން ޚާނާއި ޝާހް ރުކް ޚާން އާ ދެ މީހުންގެ މެދުގައި މައްސަލަތައް އުޅޭކަމީ އެންމެން ވެސް ދަންނަ ކަމެކެވެ. އެހެން ނަމަވެސް، މިހާރު ހީވާ ގޮތުން، އެ ތަފާތުވުންތަކަކީ މާޒީގައިވާ ކަންތަކެވެ.

ސަލްމާންއާއި ޝާހްގެ ޓްވީޓްތަކަށް ބަލާއިރު، އެ ދެ މީހުންނަކީ މިހާރު އެންމެ ގާތް ރަހުމަތްތެރިންނޭ ބުނެލުމަކީ ދޮގަކަށް ނުވާނެ އެވެ.

ރަސްމީކޮށް އަދި ނަން އިއުލާންކޮށްފައި ނުވިޔަސް ވާކިން ޓައިޓްލްއެއްގެ ގޮތުގައި "ރިންގް" ގެ ނަން ދީފައިވާ ޝާހްރުކާއި އަނުޝްކާ ޝަރްމާގެ އާ ފިލްމްގެ އެންމެ ފުރަތަމަ ޕޯސްޓަރު ވެސް ސަލްމާން ވަނީ ޓްވިޓާ މެދުވެރިކޮށް ދައްކާލައިފަ އެވެ.

ސަލްމާން ވަނީ އޭނާގެ ފޭނުންނަށްޓަކައި ވަރަށް ޚާއްސަ ކަމެއް އެބައޮތް ކަމަށާއި، އެއީ ކޮން ކަމެއްކަން އަދި ފަހުން އިއުލާން ކުރާނެ ކަމަށް ބުނެފަ އެވެ.

އަދި މިއަދު ހަވީރު ސަލްމާން ވަނީ ޝާހްގެ އެންމެ ފަހުގެ ފިލްމްގެ ފުރަތަމަ ޕޯސްޓަރު ޓްވިޓާގައި ރިލީޒްކޮށްފައެވެ.

އާލިއާ ބަޓް ވެސް ވަނީ އެކަމާއި ބެހޭ ގޮތުން ޓްވީޓްކޮށްފަ އެވެ.

އަދި އަނުޝްކާ ވަނީ އެ ފިލްމްގެ ނަމަކަށް ވާނީ ކޮބައިކަމާ މެދު ސުވާލުކޮށް ޓްވީޓްކޮށްފަ އެވެ.

އެއަށް ޖަވާބު ދެމުން ޝާހް ޓްވީޓްކޮށްފައި ވަނީ، ސަލްމާނާއި އާލިއާ އެކަމާ ބެހޭގޮތުން މިހާރު ޓްވީޓްކޮށްފައިވާތީ، ކަންތައް ކުރަން ޖެހޭނީ އެ ގޮތަށް ކަމަށެވެ.