Last Updated: July 1, 11:57
Wednesday, July 1, 2026
މުނިފޫހިފިލުވުން

ޝާހްރުކް ތަގުގީރަކަށް އޮކްސްފޯޑަށް

ޝާހް ރުކް ޚާންއަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް ބައިނަލްއަޤްވާމީ އައިކޮންއެކެވެ. އިންޑިއާގެ ގިނަ މީހުންގެ ހިތްތަކުގައި ޖާގަ ހޯދާފައިވާ ޝާހްއަށް ސަޕޯޓްކުރާ މީހުން އެހެން ޤައުމްތަކުގައިވެސް މަދެއް ނޫނެވެ.

ޝާހްގެ އެންމެ ފަހުން ރިލީޒްވި ފިލްމް "ޑިއާ ޒިންދަގީ" ބޮކްސް އޮފީހުގައި ކާމިޔާބު ކަމާއިއެކީ ކުރިއަށްދާއިރު، އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރިންސިޕަލް އެލަން ރަސްބްރިޖާ ވަނީ އޮކްސްފޯޑްގެ ލޭޑީ މާގަރެޓް ހޯލްގައި ތަގުރީރު ކުރުމަށް އޭނާއަށް ދައުވަތު އަރުވާފަ އެވެ.

އަދި އެކަމަށް ޝާހް ޖަވާބެއް ދީފައި ނުވެއެވެ.

މީގެ ކުރިންވެސް ޝާހްވަނީ ދުނިޔޭގެ އެކި ޕްލެޓްފޯމްތަކުގައި ތަގުރީރު ކޮށްފައެވެ.

ފްރާންސްގެ ސަރުކާރުން ޝާހް ރުކްއަށް "އޯޑާ އޮފް ދި އާޓްސް އެންޑް ލިޓަރޭޗާ" ދީފައިވާއިރު، އޭނާއަށް ވަނީ ޔުނިވާސިޓީ އޮފް ބެޑްފޯޑްޝަޔާއިން "ހޮނަރަރީ ޑޮކްޓަރޭޓް އިން އާޓްސް އެން ކަލްޗާ" ވެސް ލިބިފައެވެ.

ޔޭލް ޔުނިވާސިޓީގެ ޗަބް ފެލޯޝިޕް ލިބުނު އެންމެ ފުރަތަމަ ބޮލީވުޑްގެ ތަރިއަކީވެސް ޝާހްއެވެ.

އަދި ހަމަ އެއާއިއެކު، ޝާހް ރުކްއަށް ވަނީ ޔުނިވާސިޓީ އޮފް އެޑިންބާގްއިން ފިލެންތްރޮޕީ، އެލްޓްރުއިޒްމް އަދި ހިއުމެނިޓޭރިއަންގެ ދާއިރާއިންވެސް ހޮނަރަރީ ޑޮކްޓަރޭޓެއް ލިބިފައެވެ.