Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

އެކްސިޑެންޓްވި ހިތަދޫ މީހަކު މަރުވެއްޖެ

އެކްސިޑެންޓްވެެގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ އައްޑޫ މީހަކު މިރޭ މަރުވެއްޖެ އެވެ.

މި މަހުގެ 22 ވަނަ ދުވަހު ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި ލިބުނު ޒަހަމްތަަކަށް ހިތަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް، ހާޓްއެޓޭކެއް ޖެހިގެން މާލެ ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވީ ހިތަދޫ ދޮންހަލަ އިބްރާހީމްދީދީ (ހައްޖި އައްލާގެ އިންރާހީމްދީ)، 61، އެވެ.

nk

އޭނާ މާލެ ފުރުވާލީ މި މަހުގެ 25 ވަނަ ދުވަހު ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އިބްރާހީމްދީ އެކްސިޑެންޓްވީ ހިނގާފައި ދަނިކޮށް ސައިކަލެއްގައި ޖެހިގެން ކަމަށް އެނގިފައިވެ އެވެ.