Last Updated: July 1, 11:57
Wednesday, July 1, 2026
ޚަބަރު

ދިއްލީ "ޓްރެފިކް ކުއީން" އަށް ކެންސަރު ޖެހިއްޖެ

ފޮޓޯ: އަންކިތު ސްރިނިވާސް

"ޓްރެފިކް ހިރޮއިން" ގެ ގޮތުގައި މަޝްހޫރުވެފައިވާ އަދި ބީބީސީން އިންޑިއާއިން ގެނެސް ދިން ސީރީސްއަކުން ފެނިފައިވާ ޑޮރިސް ފްރޭންސިސްއަށް ކެންސަރު ޖެހިއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފްރޭންސިސް ވަނީ މިދިޔަ ހަފްތާގައި ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި އަދި ސާޖަރީއެއްވެސް ހަދާފައެވެ.

ޕޮލިސް އޮފިސަރަކަށް ނުވިނަމަވެސް، ދިއްލީ ކައިރީގައި އޮންނަ ޣަޒިއާބާދްގެ "އިންޓާސެކްޝެން"އެއްގެ ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް އޭނާ ކުރެއެވެ.

އެއިންޓާސެކްޝަން އޭނާއަށް ޚާއްސަވާ ސަބަބކީ، 2009 ވަނަ އަހަރު ފްރޭންސިސް އަންހެން ދަރިފުޅެއް ކަމަށްވާ ނިކީވަނީ އެތާނގައި ހިނގި އެކްސިޑެންޓެއްގައި ނިޔާވެފައެވެ.

69 އަހަރުގެ ފްރޭންސިސް ވަނީ އެހެން މީހުންގެ ދިރިއުޅުން ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރާ މީހުންނާއި ބެހޭގޮތުން ބީބީސީއިން ގެނެސްދިން "އަންސަންގް" ޕްރޮގްރާމްއިން ފެނިފައެވެ.

ފްރޭންސިސްގެ އަނެއް އަންހެން ދަރިފުޅު ޑޯލީ ބީބީސީއަށް މަޢުލޫމާތު ދިން ގޮތުގައި، 20 ނޮވެމްބަރާއި ހަމައަށް އޭނާގެ މަންމަ ދިޔައީ ކޮންމެ ދުވަހަކު ހެނދުނު ހަތަރު ގަޑިއިރު ވަންދެން ޓްރެފިކް ބަލަހައްޓަމުން ކަމަށާއި، އެދުވަހު ބަނޑަށް ތަދުވާ ކަމުގެ ޝަކުވާ އޭނާ ކުރިކަމަށެވެ.

ޖެހިގެން އައި ދުވަހު ދިއްލީގެ ހޮސްޕިޓަލެއްގައި އޭނާ އެޑްމިޓް ކުރެވުނެވެ. އަދި ހަތަރު ގަޑިއިރުގެ އޮޕަރޭޝަނެއް އޭނާގެ މައްޗަށް ބުދަ ދުވަހު ވަނީ ކޮށްފައެވެ.

"ވޭތުވެދިޔަ ދެމަސްދުވަހު އޭނާގެ ހާލު އެހާ ރަނގަޅެއް ނޫން، އެކަމަކު ޑޮކްޓަރަށް ދިއުން ލަސްކުރީ. ޑޮކްޓަރު އޭނާ ބެލުމަށްފަހު ބުނީ ކެންސަރު ފެތުރިފައިވާ ކަމަށާއި ވަގުތުން އޭނާ އޮޕަރޭޝަން ކުރަންޖެހޭ ކަމަށް"، ޑޯލީ ބުންޏެވެ.

_88306593_df6311fc-8626-4245-ab84-db3245c64a77

ފްރޭންސިސް ހޮސްޕިޓަލުން ދޫކުރާނެ ދުވަހެއް އަދި ސާފެއް ނޫނެވެ.

2009 ވަނަ އަހަރު ޓުކް-ޓުކް އެއްގައި ފްރޭންސިސް ދަނިކޮށް، ބާރަށް ދުއްވާފައި އައި ކާރެއް އޭގައި ޖެހި އެކްސިޑެންޓް ވިއެވެ.

"އޭނާ މަރުވީ. އަހަރެން ސަލާމަތްވީ. އެދުވަހު ތަންކޮޅެއް ރަނގަޅަށް ޓްރެފިކް ބެލެހެއްޓުނު ނަމައޭ އަހަރެން ހިތަށްއަރާ"، އޭނާ ބީބީސީއަށް މަޢުލޫމާތު ދިނެވެ.

އެދުވަސްފަހުން، ހަމަ އެއްތަނެއްގައި ކޮންމެ ދުވަހަކުވެސް ފްރޭންސިސް ދަނީ ޓްރެފިކް ބަލަހައްޓަމުންނެވެ.