Last Updated: June 28, 04:05
Saturday, June 27, 2026
ކުޅިވަރު

ޒެފިއާ ފުޓްސަލް ކަޕް މިއަދު ފަށަނީ

ހިތަދޫގެ ޓީމުތަކަށް އަމާޒުކޮށްގެން އެފްސީ ޒެފިއާ އިން އިންތިޒާމުކޮށްފައިވާ ޒެފިއާ ފުޓްސަލް ކަޕް 2016 މިއަދު ފަށަން ނިންމައިފި އެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މޭޔަރު ސޯބެގެ އިތުރުން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ހިތަދޫގެ އަންހެން ފުޓްސަލް ޓީމާއި މަރަދޫގެ އަންހެން ފުޓްސަލް ޓީމުގެ ދެމެދުގައި ފޯރިގަދަ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ.

ދިހަ މިނެޓުގެ ދެހާފު ކުޅޭ މިމެޗު ފެށޭނީ މިއަދު ހަވީރު 4:00 ގައެވެ.

މުބާރާތުގެ ފުރަތަމަ މެޗު ފެށޭނީ 4:30 ގައެވެ. މިމެޗުގައި ވާދަކުރާނީ އެފްސީ ސްކޫޕެ ކަންމަތި އަދި އެފްސީ ޖޫނިއާސްއެވެ. މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މިމެޗެވެ. ނަމަވެސް ގްރޫޕް ސްޓޭޖުގެ މެޗުތަށް ކުޅޭ ދުވަސްތަކުގައި ކޮންމެ ދުވަހަކު ދެމެޗު ކުރިއަށް ދާނެއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ އޮންދިގޯ ޓްރޭޑާސްއެވެ. ކޯސްޕޮންސަރަކަށް އައްޑޫ ސިޓީ ކައުންސިލް، ޓެލެކޮމިއުނިކޭޝަން ޕާޓްނަރަކަށް ދިރާގު އަދި ޕްރިންޓިން ޕާޓްނަރަކީ ކޮންޓްރޯލް ޕީ އެވެ. މުބާރާތު މީޑިޔާ ޕާޓްނަރަކީ "އައްޑޫ ލައިވް" އެވެ.

މުބާރާތުގެ މެޗުތައް ބެލުމަށާއި ޓީމުތަކަށް ސަޕޯޓުކުރުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަޑައިގެން ދެއްވުމަކީ އެފްސީ ޒެފިއާގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ސަޕޯޓު ކުރެއްވުމުގައި ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓު ކުރުމުގައި ދެމިތިބުމަށް ކުލަބުން ތަކުރާރުކޮށް އެދިވަޑައިގެންފައިވެއެވެ.