ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި ދެ ފުލުހަކާއި ސިފައިންގެ މީހަކާއެކު އާންމު އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލްއާ ހަވާލާދީ އޮންލައިން ނޫސް "ސަން" އިން ވަނީ އާންމު މީހަކާއެކު ދެ ފުލުހަކާއި ސިފައިންގެ މީހަކު ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.
ނަމަވެސް ތަހުގީގު ކުރިއަށްދާތީ މިމައްސަލައާ ބެހޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް މީޑިޔާއާ ހިއްސާކުރުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފައެވެ.
އެހެންކަމުން ހައްޔަރުކުރެވިފައިވަނީ ކޮން ބަޔެއް ކަމާއި، ހައްޔަރު ކުރިއިރު އެމީހުން ތިބި ހާލަތެއްވެސް މިހާތަނަށް އެނގިފައިނުވެއެވެ. ނަމަވެސް ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަން ފުލުހުން ވަނީ ހާމަކޮށްފައެވެ