Last Updated: June 28, 04:05
Saturday, June 27, 2026
ކުޅިވަރު

ތަފާތު ބޮޑުކޮށް ސްކޫޕް ކަންމަތި ފުރަތަމަ މެޗު ކާމިޔާބުކޮށްފި

އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު ފެށި ޒެފިއާ ފުޓްސަލް ކަޕް 2016ގެ ފުރަތަމަ މެޗު 0-10 ގެ ބޮޑު ނަތީޖާއިން ސްކޫޕް ކަންމަތި ޓީމު އެފްސީ ޖޫނިއާސްގެ މައްޗަށް ކުރި ހޯދައި ފެށުން ރަނގަޅު ކޮށްފިއެވެ.

ގްރޫޕް އޭ ގެ ދެ ޓީމު ބައްދަލުކުރި މިމެޗުގައި ސްކޫޕް ޓީމު ވަނީ ރަނގަޅު ކުޅުމެއް ދައްކައި މެޗުގެ ކުރީކޮޅު ގޯލު ޖަހާފައެވެ. މިމެޗުގައި ސްކޫޕް ޓީމުގެ އިބްރާހިމް އިންޝާލް އަދި އިބްރާހިމް މުހައްމަދު، ދެކުޅުންތެރިންވެސް ވަނީ ހެޓްރިކް ހަދާފައެވެ.

0-02-03-e2879f108357a54ddeac6dc56060c88d646505d2a13caa99008506cf8d6a1cec_full

މެޗުގެ ފުރަތަމަ ހާފުގައިވެސް ސްކޫޕް ވަނީ 0-5 ގެ ފަސޭހަ ލީޑެއް ހޯދާފައެވެ. ދެވަނަ ހާފުގައި ފުރަތަމަ ހާފެކޭ އެއްފަދައިން ރަނގަޅު ކުޅުމެއް ދައްކައި އިތުރު ފަސް ގޯލު އެފްސީ ޖޫނިއާސް ކޮޅަށް ޖަހާފައިވެއެވެ.
0-02-03-8cf2b06f15cca0fc073e6a8bf28ba8eb1985f11f898975eef2c259d908469c0c_full

މެޗުގެ ކުރިން ކުޅެވުނު ހިތަދޫ އަންހެން ޓީމާއި މަރަދޫ އަންހެން ޓީމު މެޗު 0-1 ގެ ނަތީޖާ އިން ކާމިޔާބުކޮށްފައިވަނީ ހިތަދޫ ޓީމެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު ފެނިގެން ގޮސްފައިވަނީ ހިތަދޫ ޓީމުގެ އަލްމާގެ ފަރާތުންނެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މާދަމާވެސް ކުރިއަށް ދާނެއެވެ. ދެމެޗެއް މާދަމާ ކުޅޭއިރު ފުރަތަމަ މެޗުގައި ވާދަކުރާނީ ޗެލެންޖާސް އާއި އެފްސީ އުސްގަނޑައެވެ. ދެވަނަ މެޗުގައި އެފްސީ ފަސްގަނޑަ ނިކުންނާނީ އެފްސީ ސީރިއަސްއާއި ދެކޮޅަށެވެ.

0-02-03-f6f0da249762bdbf0998cf11d4dbff3119473267576e3d98e7c65cf3837e04a4_full

މުބާރާތުގެ މެއިން ސްޕޮންސަރަކީ އޮންދިގޯ ޓްރޭޑާސްއެވެ. ކޯސްޕޮންސަރަކަށް އައްޑޫ ސިޓީ ކައުންސިލް، ޓެލެކޮމް ޕާޓްނަރަކަށް ދިރާގު އަދި ޕްރިންޓިން ޕާޓްނަރަކީ ކޮންޓްރޯލް ޕީ އެވެ. މުބާރާތުގެ މީޑިޔާ ޕާޓްނަރަކީ "އައްޑޫ ލައިވް" އެވެ.

މެޗުތައް ބައްލަވާލެއްވުމަށް ވީހާވެސް ގިނަ ބޭފުޅުން އީދިގަލި ދަނޑަށް ވަޑައިގެން ދެއްވުމަކީ މުބާރާތް އިންތިޒާމު ކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ. ސަޕޯޓު ކުރުމުގައި ކުޅިވަރުގެ ރޫހާ އެއްގޮތަށް ދެމިތިބުމަށް އެފްސީ ޒެފިއާ އިން އެންމެހާ ސަޕޯޓަރުންނަށްވެސް އިލްތިމާސް ކޮށްފައިވެއެވެ.